ދެކުނުގެ ތިން އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި

މޫސުން ގޯސްވެ ދެކުނުގެ ތިން އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި އެވެ. އެލާޓު ނެރެފައިވަނީ ދ، ތ، އަދި ލ. އަތޮޅުގެ ރަށްތަކަށެވެ. މެޓް އޮފީހުން ބުނީ އެ ތިން އަތޮޅަށް އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަ...

28 Apr 2018 | 04:32

މޫސުން ގޯސްވެ ދެކުނުގެ ތިން އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި އެވެ.

އެލާޓު ނެރެފައިވަނީ ދ، ތ، އަދި ލ. އަތޮޅުގެ ރަށްތަކަށެވެ. މެޓް އޮފީހުން ބުނީ އެ ތިން އަތޮޅަށް އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި 40 މޭލަށް ވައިގަދަވާނެ ކަމަށެވެ.

ޔެލޯ އެލާޓު ނެރެފައިވަނީ ހެނދުނު 9:00 ން މެންދުރު 12:00 އަށެވެ.

ޔެލޯ އެލާޓު ނެރެނީ ދިމާވެދާނެ ހާދިސާއަކުން ރައްކާތެރިވުމަށް ފިޔަވަޅު އަޅައިގެން ތިބުމަށް ހަނދާން ކޮށްދިނުމަށެވެ.

މިދިޔަ ހަފްތާގައި ޔެލޯ އެލާޓު ނެރުނު ހިސާބުތަކަށް އުދަ އަރައި ކޮންމެސް ވަރެއްގެ ގެއްލުންތަކެއް ލިބިފަ އެވެ. އަދި ދިޔަވަރު ބޮޑުވި ވަގުތު ހިނގި ހާދިސާތަކަށް ބަލާއިރު އައްޑޫ ސިޓީން ދެ ކުއްޖަކު ގެއްލުނީވެސް އެ ސަރަހައްދަށް ޔެލޯ އެލާޓު ނެރެފައި އޮއްވަ އެވެ.

މެޓް އޮފީހުން ބުނީ މިއަދު ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް