ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު މޫސުން ގޯސްވާނެ

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ. މެޓް އޮފީހުން ވަނީ މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް ށ. އަތޮޅާއި ގދ އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް...

28 Apr 2018 | 02:54

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ވަނީ މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް ށ. އަތޮޅާއި ގދ އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓު ނެރެފަ އެވެ. ވައިޓް އެލާޓު ނެރެފައިވަނީ މިއަދު ހެނދުނު 6:00 ން 11:00 އަށެވެ.

އެ އިދާރާއިން ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރާ ކަމަށެވެ.

މޫސުން ލަފާ ކުރާ ގޮތުގައި މިއަދު އުތުރުގެ އަތޮޅުތަކަށް ކަނޑު މަޑުވިޔަސް ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ އެވެ. ހުރިހާ ސަރަހައްދަކަށްވެސް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެ އެވެ.

އަދި އާންމުގޮތެއްގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ހުޅަނގާއި ހުޅަނގުއުތުރުން، އުތުރު އަތޮޅުތަކަށް ހަ މޭލާ 12 މޭލާ ދެމެދުގެ ބާރުމިނުގައި އެހެންހިސާބުތަކުގައި ގަޑިއަކު ހަތް މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ފައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

މި ދުވަސްވަރު ރާއްޖެއަށް ކުރަމުން މިދަނީ ދެ މޫސުން ބައްދާ ވިއްސާރަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް