މިއީ އެންމެންގެވެސް އާދަ އެކެވެ. އެއް ފުޅީގައި ހުންނަ އަސާރަ ކޮޅު ނަގާ ސަމްސަލުން ޖެހިގެން އިންނަ މަސްމިރުސް ފުޅިއަށް ލުމަށް ފަހު އޭގައި ހުންނަ މަސްމިރުސްކޮޅު ނެގުމެވެ. ނުވަތަ އަވަސް ކޮށްލުމުގެ ގޮތުން ސަމްސާ ދޮންނަ ގޮތަށް ގެނެސް ފުޅީގައި ހުންނަ އެއްޗެހި ނަގަން ފުޅިއަށް ލައެވެ.
މި އާދައަކީ ދޫކޮށްލަންކަން ޖެހޭ އާދަ އެކެވެ. އޭގެ ސަބަބުން އާންމު ސިއްހީ މައްސަލަތަކާއި ފުޅީގައި ހުންނަ އެއްޗެހި ބޭނުން ކުރުން ސިއްހީ ގޮތުން ރަނގަޅު ނުވާ ހިސާބަށް ދެ އެވެ.
އިންޑިއާގެ ނިއުޓްރިޝަނިސްޓް ޝިލްޕާ އަރޯރާ ބުނެފައިވާ ގޮތުގައި ތެތް ސަމްސާ ބޭނުންކޮށްގެން ފުޅިން އެއްޗެހި ނަގާނަމަ ފުޅީގެ މަތިގަނޑު ކައިރީގައި ފަންގަސް ޖަހާނެ އެވެ. ފުޅީގެ މަތި ތައްޔާރުކޮށްފައި ހުންނަނީ ގިނަ އަދަދަކަށް ތެލާއި ސޯޑިއަމް ބޭނުންކޮށްގެން ނެވެ. އެއީ ފުޅީގައި ބަންދު ކޮށްފައި ހުންނަ ކާއެއްޗެހި ގިނަ ދުވަހު ނުބައި ނުވެ ބެހެއްޓުމަށެވެ.
ޝިލްޕާ ބުނެފައިވާގޮތުގައި ފުޅީގެ މަތި އަބަދުވެސް ހުންނަން ޖެހޭނީ ވަރަށް ބާރަށް ބަނދު ކުރެވިފަ އެވެ. އަދި ފުޅި ބަހައްޓަންވާނީ އިރުގެ އަލި ލިބޭ ގޮތަށެވެ. ތެތް ސަމްސާ ލައިގެން ނުވަތަ ވައި ވަންނަ ގޮތް ވެގެން ފުޅީގެ މަތިގަނޑުގެ އެތެރެ ތެތް ވެއްޖެ ނަމަ އެތެރޭގައި ކާއެއްޗެހި ވަރަށް އަވަހަށް ނުބައި ވާނެ އެވެ.
އަދި ފުޅިގައި ހުންނަ ކާއެއްޗެހީގެ ރަހައަށް ބަދަލު އައިސް ރަހަ ގަދަވާގޮތް ވާނެ އެވެ.
މިކަންކަމުން ކާއެއްޗެހި ރައްކާތެރި ކުރުމަށް ފުޅީގައި ބަންދުކޮށްފައި ހުންނަ ކާއެއްޗެހި އަބަދުވެސް ބަހައްޓަންވާނީ އިރުގެ އަލި ލިބޭ ހިސާބުގައި އެވެ. ފުޅީގެ މަތިގަނޑުގެ ތެރޭގައި ފަންގަސް ޖަހައިފި ނަމަ އެތަން ފުރަތަމަ ކަހާލާށެވެ. އޭގެ ފަހުގައި ފަންގަސް ޖަހާފަ ހުރި ތަންތާ ކައިރީގަ ހުރި ކާއެއްޗެހީގެ ރަހަ ބަލާލާށެވެ. ރަހަ ގަދަ ނަމަ އެހުރީ ކާއެއްޗެހި ނުބައިވެފަ އެވެ.
ޕްލާސްޓިކް ފުޅިއާއި ދަނގަޑު ފުޅިގައި ބަންދުކޮށްފައި ހުންނަ ކާއެއްޗިއްސަށް މި މައްސަލަ ދިމައެއް ނުވާނެ އެވެ. އެކަމަކު ޕްލާސްޓިކް އާދި ދަގަނޑު ފުޅީގައި ކާއެއްޗެހި ބަންދުކޮށްފައި ބެހެއްޓުމަކީ ސިއްހީ ގޮތުން މާ ރަނގަޅު ގޮތެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް