ކަނޑުމަތިން އޮޔާ ދިޔަ އެއްޗެއްގައި ޖެހި ލޯންޗެއް އަޑިއަށް ގޮސްފި

މާލެއިން ފުރައިގެން އއ. މަތިވެރިއަށް ދަތުރު ކުރި ލޯންޗެއް އަޑިއަށް ގޮސް އޮޔާދާން ފަށައިފި އެވެ. އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓު ކުރީ މިރޭ 9:45 ހާއިރު ކަމަށެވެ. "ޖީ ތްރޯ" ނަމަކަށް ކިޔާ އެ ލޯން...

28 Apr 2017 | 18:49

މާލެއިން ފުރައިގެން އއ. މަތިވެރިއަށް ދަތުރު ކުރި ލޯންޗެއް އަޑިއަށް ގޮސް އޮޔާދާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓު ކުރީ މިރޭ 9:45 ހާއިރު ކަމަށެވެ. "ޖީ ތްރޯ" ނަމަކަށް ކިޔާ އެ ލޯންޗު އަޑިއަށް ދިޔައީ ދަތުރު ކުރަމުން ދަނިކޮށް ކަނޑުމަތިން އޮޔާދިޔަ އެއްޗެއްގައި ޖެހި ލޯނޗު ފަޅައިގެން ދިއުމުންނެވެ.

އަޑިއަށް ދިޔަ އިރު ލޯންޗުގައި ތިން މީހުން ތިއްބެވެ. އެމީހުން ކަނޑުމަތިން ނަގާފައިވަނީ  އއ.ބޮޑުފުޅަދޫއިން ފުރައިގެން މާލެ ދަތުރުކުރި "ސައިރަން އޮފް ދަ ސީ" ނަމަކަށްކިޔާ ލޯންޗަކަށެވެ.

އެ ލޯންޗަށް އެ ތިން މީހުން ފެނުނީ މާލޭގެ ހުޅަނގުން 18 މޭލު ބޭރުން ކަމަށް އެ ލޯންޗުގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފުން ބުނެ އެވެ.

އަޑިއަށް ގޮސް އިޔާދަނީ މަޑުވެހި ކުލައިގެ ދަވާދު ލާފައިވާ ލޯންޗެކެވެ. ކޯސްޓުގާޑުން ވަނީ އެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލު ވުމަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް