ޔާމީންގެ މަރުގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރުމަށް އދ. އިން ފުލުހުންގެ ކިބައިން އެދެފި

އޭޕްރީލް މަހުގެ 23 ވަނަ ދުވަހު އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ބްލޮގަރ ޔާމީން ރަޝީދު މަރާލި މައްސަލަ ވަކި ކޮޅަކަށް ނުޖުހޭ ފުރިހަމަ ތަހުގީގެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ފުލުހުންގެ ކިބައިން ރ...

28 Apr 2017 | 10:57

އޭޕްރީލް މަހުގެ 23 ވަނަ ދުވަހު އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ބްލޮގަރ ޔާމީން ރަޝީދު މަރާލި މައްސަލަ ވަކި ކޮޅަކަށް ނުޖުހޭ ފުރިހަމަ ތަހުގީގެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ފުލުހުންގެ ކިބައިން ރާއްޖޭގައި ހުންނަވާ އދ. ގެ ރެޒިޑެންޓު ކޯޑިނޭޓަރު ޝޯކޯ ނޯޑާ އެދިލައްވައިފިއެވެ.

އިއްޔެ ފުލުހުންނާ ބައްދަލުކުރައްވާ ޝޯކޯ ނޯޑާ ވަނީ މީހުންނަށް ލިބޭ އިންޒާރުތަކާ ގުޅޭ ގޮތުން ފިޔަވަޅު އެޅުން އަވަސްކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.

ޔާމީންގެ މައްސަލައިގައި މީގެ ކުރިން އދ. ގެ އިންސާނީ ހައްގުތަކާބެހޭ ހައިކޮމިޝަނަރު ޒައިދު ރާއިދު ހުސައިން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ޔާމީންގެ މަރުގެ މައްސަލަ ބައިނަލް އަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ތަހުގީގުކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ. މީގެ އިތުރުން ޔާމީންގެ އާއިލާއިން ވަނީ މި މައްސަލަ ތަހުގީގު ކުރުމުގައި ބައިނަލް އަގުވާމީ ފަރާތްތައް ބައިވެރިކުރަން އެދިފައެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 2:59 ހާއިރު ޔާމީން ދިރިއުޅޭ ގޭގެ ސިޑިގޮޅި ތެރެއިން އޭނާ ޒަހަމްކޮށްލާފައި އޮއްވާ ފެނުން އިރު ގައިގެ 14 ތަނަކަށް ވަނީ ވަޅި ހަރާފައެވެ. އޭނާ މަރުވީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެނިކޮށް 3:48 ހާއިރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް