ނަޑެއްލާ ގެއެއްގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެ

ގދ. ނަޑެއްލާ ގެއެއްގައި އަލިފާން ރޯވެ އެއްކޮށް އަނދާ ހުލިވެއްޖެ އެވެ. މިހާދިސާގައި އަނދާ ހުލިފައިވަނީ "ފަލްސާ" ގޭގައި އެވެ. އެގޭ ހިފާ ގެންގުޅޭ ހުރިހަ ސާމާނެއްވެސް ވަނީ އަނދާ ހުލިވެފައި އެވެ. ނަޑެއްލާ ...

28 Apr 2017 | 09:15

ގދ. ނަޑެއްލާ ގެއެއްގައި އަލިފާން ރޯވެ އެއްކޮށް އަނދާ ހުލިވެއްޖެ އެވެ.

މިހާދިސާގައި އަނދާ ހުލިފައިވަނީ "ފަލްސާ" ގޭގައި އެވެ. އެގޭ ހިފާ ގެންގުޅޭ ހުރިހަ ސާމާނެއްވެސް ވަނީ އަނދާ ހުލިވެފައި އެވެ.

ނަޑެއްލާ ކައުންސިލުން ބުނީ މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 9:30 ހާއިރު ކަމަށެވެ. ކައުންސިލް މެންބަރު އަލީ ނިޔާޒު މީޑިއާގައި ވިދާޅުވެފައިވަނީ އަލިފާން ރޯވި އިރު ގޭތެރޭގައި މީހުން އުޅޭ ކަމަށާއި އެކަމަކު ވަރަށް އަވަހަށް އެންމެން ނިކުމެފައިވާ ކަމަށެވެ.

އަލިފާންގަޑު ނިއްވާލީ އެ ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއި އެކު ގާތްގަނޑަކަށް ހެނދުނު 10:10 ހާއިރު އެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.

ފުލުހުން ބުނީ އެ ހާދިސާ އާއި ގުޅިގެން ފުލުހުން މިހާރު ނަޑެއްލާގަގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް