ކަޕިލް ޝަރްމާ ޝޯގެ ގަޑި ސޮނީން ސަލްމާން ހާނަށް ދެނީ، ދެން ވާނި ކިހިނެތް؟

"ދަ ކަޕިލް ޝަރްމާ ޝޯ" ސޮނީ ޗެނަލުން ދައްކާ ގަޑީގައި ބޮލީވުޑްގެ ސުޕާ ސްޓާ ސަލްމާން ހާންގެ ގޭން ޝޯއެއް ދަންކަން ފެށުމަށް ތައްޔާރުވާން ފަށައިފި އެވެ. ކަޕިލް ޝަރްމާ ޝޯ ގެ ލީޑް ދެ ކޮމީޑިއަނުންގެ މެދުގައި ޖ...

28 Apr 2017 | 06:46

"ދަ ކަޕިލް ޝަރްމާ ޝޯ" ސޮނީ ޗެނަލުން ދައްކާ ގަޑީގައި ބޮލީވުޑްގެ ސުޕާ ސްޓާ ސަލްމާން ހާންގެ ގޭން ޝޯއެއް ދަންކަން ފެށުމަށް ތައްޔާރުވާން ފަށައިފި އެވެ.

ކަޕިލް ޝަރްމާ ޝޯ ގެ ލީޑް ދެ ކޮމީޑިއަނުންގެ މެދުގައި ޖެހުނު މައްސަލައެއްގެ ސަބަބުން ސުނިލް ގްރޯވަރު ޝޯ ދޫކޮށްދިއުމުން އާންމުންގެ މެދުގައި ޝޯއަށް އޮތް މަގުބޫލުކަން ވަނީ ގެއްލިފަ އެވެ. އަދި ޝޯއަށް ލިބެމުން ދިޔަ އާމްދަނީ ވަނީ އެތައް ގުނައެއް ދަށަށް ގޮސްފައި އެވެ.

ސަލްމާން ހާންގެ ގޭމް ޝޯ "ދަސް ކާ ދަމް" ގެ ތިން ވަނަ ސީޒަން ދައްކަން ފަށަން ކުރިންވެސް ނިންމާފައި އޮތީ ސޮނީން ނެވެ. އެއީ އިންޑިއާ ގަޑިން ރޭގަނޑު 8:00 ގައި އެވެ. އެކަމަކު ކަޕިލް ޝަރްމާ ޝޯގެ މަގުބޫލުކަން ގެއްލި އާމްދަނީ ދަށްވަމުން ދާތީ ސޮނީން ވަނީ ކަޕިލް ޝަރްމާ ޝޯގެ ގަޑި ކަމަށްވާ 9:00 ސަލްމާންގެ ގޭމް ޝޯއަށް ދޭން ނިންމާފައި އެވެ.

ސަލްމާންގެ ޝޯ އަލުން ޓީވީއަށް އެ އަންނަނީ އަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އަދި ޝޮ އޮންއެއާ ކުރަން ފަށާނެ ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

"ދަ ކަޕިލް ޝަރްމާ ޝޯ" ގެ ގަޑީގައި އެހެން ޝޯއެއް ދައްކަން ފަށަން ސޮނީން ތައްޔާރުވަމުން ދާއިރު ދެން ކަޕިލް ޝަރްމާގެ ޝޯއަށް ވާނެ ގޮތެއް ނުވަތަ އެ ޝޯ ދައްކާނެ ގަޑިއެއް އަދި ނޭނގެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެ ޝޯ ހުއްޓާލަން ޖެހުމަކީ ވެދާނެ ކަމެކެވެ.

އެކަމަކު ބައެއް ނޫސްތަކުގައި މިވާހަކަތައް ދޮގު ކުރެ އެވެ. ބައެއް ރިޕޯތައް ބުނާޣޮތުގައި ސަލްމާންގެ ޝޯ އަދި ދައްކަން ފަށާކަށް ނޫޅެ އެވެ. އޭނާ މި ދުވަސްވަރު އުޅެނީ ފިލްމު ޝޫޓިންތަކުގައި ކަމަށް ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް