ސިފައިންގެ 125 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ މިއުޒިކަލް ޑްރިލް ޑިސްޕްލޭ ހުޅުމާލޭގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.
އެމްއެންޑީއެފްއިން ބުނީ ޑްރިލް އޮންނާނީ މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ. މި ހަރަކާތް ކުރިޔަށް ގެންދާނީ 4:30 ން ފެށިގެން ނެވެ.
ސިފައިންގެ ޑްރިލް ޑިސްޕްލޭ ޓީމުން ވަނީ އާންމުންގެ ބޮޑު ތަރުހީބެއް ހޯދާފައި އެވެ. އެމްއެންޑީއެފުން ބުނީ އަމާޒަކީ އެ ޓީމުގެ ހުނަރު ސަރަހައްދީ ފެންވަރުގަ ދައްކާލެވި ކާމިޔާބީއެއް ހޯދުން ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު ދުވަހު އެމްއެންޑީއެފް އިން ވަނީ އަހަރީ ދުވަހުގެ ޝަރަފުގެ ހިނގާލުން މާލޭގައި ކުރިޔަށް ގެންގޮސްފައި އެވެ. މިއަހަރުގެ ސިފައިންގެ 19 ވަނަ ފޮޓޯ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ ފ. ނިލަންދޫގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް