ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓު ސަރުކާރުގެ ކެންޑިޑޭޓަށް ތައީދު ކުރައްވައިފި

މާލެ ސިޓީގެ ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު ކަމަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެންޑިޑޭޓް ހަމްޒާ ހަސަން، އެ ދާއިރާއަށް ސަރުކާރު ކޯލިޝަނުން ވާދަ ކުރާ ކެންޑިޑޭޓަށް ތާއީދު ކޮށްފިއެވެ. ސަރުކާރު ކޯލި...

28 Apr 2017 | 03:00

މާލެ ސިޓީގެ ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު ކަމަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެންޑިޑޭޓް ހަމްޒާ ހަސަން، އެ ދާއިރާއަށް ސަރުކާރު ކޯލިޝަނުން ވާދަ ކުރާ ކެންޑިޑޭޓަށް ތާއީދު ކޮށްފިއެވެ.

ސަރުކާރު ކޯލިޝަންގެ ފަރާތުން ހެންވޭރު އުތުރު ދާއިރާއަށް ވާދަ ކުރަނީ ޑީއާރްޕީގެ ކެންޑިޑޭޓު މުހައްމަދު ފިޝާވިން އެވެ. މިރޭ ބޭއްވި ފިޝާވިންގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވެ ހަމްޒާ ވަނީ އޭނާގެ ބަދަލުގައި ފިޝާވިންއަށް ވޯޓު ދިނުމަށް އެދި، ޕީޕީއެމްއަށް ސޮއިކޮށްފައި އެވެ.

އެ ދާއިރާގައި ވާދަ ކުރަނީ އެމްޑީޕީ އާއި ސަރުކާރު ކޯލިޝަންގެ ކެންޑީޑޭޓު އެކަންޏެވެ. އެކަމަކު މިހާރު ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ނިމިފައިވާތީ ނަން އަނބުރާ ނުގެންދެވޭނެ އެވެ. ހަމްޒާގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ އެވެ.

ހަމްޒާ ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓަށް ތާއީދު ކުރަން ނިންމި އިރު މިދިޔަ ހަފްތާގައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ކެންޑިޑޭސީ ސުޕްރީމް ކޯޓުން ބާތިލްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް