ކަސްޓަމަރުންނަށް ހާއްސަ އުރީދޫގެ ސެންޓަރެއް ހުޅުމާލޭގައި ހުޅުވައިފި

އުރީދޫ މޯލޑިވްސްގެ ކަސްޓަމަރުންނަށް ހިދުމަތްދޭ ސެންޓަރެއް ހުޅުމާލޭގައި ހުޅުވައިފި އެވެ. ހުޅުމާލޭ ނިރޮޅު މަގުގައި ރޭ ހުޅުވި އެ ސެންޓަރު ހުޅުވައިދެއްވީ އުރީދޫގެ ސީއީއޯ ނަޖީބު ހާން އެވެ. "އުރީދޫ އެކްސްޕީ...

28 Apr 2017 | 02:30

އުރީދޫ މޯލޑިވްސްގެ ކަސްޓަމަރުންނަށް ހިދުމަތްދޭ ސެންޓަރެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.

ހުޅުމާލޭ ނިރޮޅު މަގުގައި ރޭ ހުޅުވި އެ ސެންޓަރު ހުޅުވައިދެއްވީ އުރީދޫގެ ސީއީއޯ ނަޖީބު ހާން އެވެ. "އުރީދޫ އެކްސްޕީރިއަންސް ސެންޓަރު" ގެ ނަމުގައި ހުޅުވި އެތަނުން އުރީދޫއިން ދެމުންދާ ހުރިހާ ހިދުމަތެއް ލިބޭނެ އެވެ.

ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ނަޖީބު ހާން ވިދާޅުވީ ހުޅުމާލެއަކީ ވަރަށް ބާރަށް އާބާދުވަމުން އަންނަ ތަނަކަށްވާތީ އުރީދޫގެ ޓެކްނޮލިޖީ ހަބަކަށް ހުޅުމާލެ ހަދަން ބޭނުންވާ ކަމަށެވެ. އެގޮތުން އަލަށް ހުޅުވި ސެންޓަރުން ކަސްޓަމަރުން ބޭނުންވާ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އަދި ރޭ ހުޅުވި ސެންޓަރަކީ އެ މަސައްކަތުގެ ފެށުން ކަމަށާއި ކުރިޔަށް އޮތްތާ ހުޅުމާލެ ޓެކްނޮލިޖީގެ ހަބަކަށް ހެދުމަށް ކުރަމުންދާ މަސައްކަތް މެދުނުކެނޑި ކުރިޔަށް ދާނެ ކަމަށެވެ.

"ހުޅުމާލެ މިސްރާބު ޖަހަމުންދަނީ ރާއްޖޭގައި ހިމެނޭ ޓެކްނޮލޮޖީގެ ހަބަކަށް ވުމާއި ދިމާލަށް. ޑިޖިޓަލް ޓެކްނޮލޮޖީތައް މެދުވެރިކޮށް މުޖުތަމައު ބިނާކުރުމުގައި، އަޅުގަނޑުމެންގެ ސްމާޓް ސޮލިއުޝަންތައް މެދުވެރިކޮށް، ހުޅުމާލޭގެ ރައްޔިތުންނަށް ފުރިހަމަ އެއްބާރުލުން ދޭނަން،" ނަޖީބު ވިދާޅުވި އެވެ.

އެ ކުންފުނިން ބުނީ ހުޅުމާލޭގައި ހުޅުވި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ކުދި ކުދި ކަންކަމުގައި ހިދުމަތް ހޯދުމަށް ކިއުގައި ޖެހެން ނުޖެހޭނެ ކަމަށެވެ. އެ ސެންޓަރުގައި އުރީދޫގެ ޕްރިމިއާ ކަސްޓަމަރުންނަށް ހާއްސަ ލައުންޖެއް ގާއިމްކޮށްފައިވެ އެވެ.

އެ ސެންޓަރު ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން ރޭގަނޑު 10:00 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް