ކޯވިޑް:19: ވެލާނާ އެއާޕޯޓު ކޮންމެ ރެއަކު 9 ން ހެނދުނު 6 އަށް އާންމު ދަތުރުފަތުރަށް ބަންދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 9 ން ހެނދުނު 6 އަށް ބަންދު ކުރަން ނިންމައިފި އެވެ. އެމްއޭސީއެލް އިން ކުރި ޓުވީޓެއްގައި ބުނީ، އެއާޕޯޓުގެ ކޮމާޝަލް އޮޕަރޭޝަންތ...

28 Mar 2020 | 16:35

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 9 ން ހެނދުނު 6 އަށް ބަންދު ކުރަން ނިންމައިފި އެވެ.

އެމްއޭސީއެލް އިން ކުރި ޓުވީޓެއްގައި ބުނީ، އެއާޕޯޓުގެ ކޮމާޝަލް އޮޕަރޭޝަންތައް ހުއްޓާލަން ނިންމާފައިވާކަމަށެވެ. ނަމަވެސް ސިއްހީ، ހިއުމަނިޓޭރިއަން އަދި ޝެޑިއުލް ނޫން މަތިންދާ ބޯޓުތައް އެއާޕޯޓަށް ޖެއްސޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އެކަމަކު، އެފަދަ މަތިންދާބޯޓުތައް ޖައްސާ ނަމަ ތިން ގަޑިއިރުގެ ނޯޓިސްއެއް ބޭނުންވާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ރާއްޖެއިން ކޯވިޑް-19 އަށް 16 މީހަކު ޕޮޒިޓިވް ވެފައިވާއިރު 11 މީހަކު ވަނީ މި ބަލިން ފަސޭހަ ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް