ބަންގްލަދޭޝް ފުޓްބޯޅައިގެ އިންތިހާބު ފަސްކޮށްފި

ހަލުވި ކަމާއެކު ފެތުރެމުންއަންނަ ކޮރޯނާ ވައިރަސް (ކޯވިޑް-19) އާއި ގުޅިގެން ބަންގްލަދޭޝް ފުޓްބޯލް ފެޑެރޭޝަން (ބީއެފްއެފް) ގެ އިންތިހާބު ފަސްކޮށްފިއެވެ. އަންނަ މަހުގެ 20 ވަނަ ދުވަހު ބާއްވާ ގޮތަށް އޮތް މ...

28 Mar 2020 | 07:27

ހަލުވި ކަމާއެކު ފެތުރެމުންއަންނަ ކޮރޯނާ ވައިރަސް (ކޯވިޑް-19) އާއި ގުޅިގެން ބަންގްލަދޭޝް ފުޓްބޯލް ފެޑެރޭޝަން (ބީއެފްއެފް) ގެ އިންތިހާބު ފަސްކޮށްފިއެވެ.

އަންނަ މަހުގެ 20 ވަނަ ދުވަހު ބާއްވާ ގޮތަށް އޮތް މި އިންތިހާބް ފަސް ކުރީ އެ ގައުމުގައި ހަލުވިކަމާއި އެކު ކޯވިޑް-19 ފެތުރެމުންދާތީ އެވެ.

ބީއެފްއެފް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޯވިޑް-19 ގެ ސަބަބުން ބަންގްލަދޭޝް ސަރުކާރުން އިއްޔެ އިން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އެ ގައުމު ލޮކްޑައުންކުރަން ނިންމައި، އެއްވެސް ސިފައެއްގެ އެއްވުމެއް ނުބޭއްވުމަށް އަންގާފައި ކަމަށެވެ. އަދި މި ފަދަ ހާލަތެއްގައި އިންތިހާބު ބޭއްވުމުގެ މަސައްކަތްތައް ނުކުރެވޭނެތީ ހާލަތު ރަނގަޅު ވަންދެން އިންތިހާބު ފަސްކުރީ ކަމަށް ބުނެފައިވެ އެވެ.

ބަންގްލަދޭޝް އިން ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 48 މީހުން ފެނިފައެވެ. އަދި އޭގެ ތެރެއިން ފަސް މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް