ޗާއިނާގައި މީހަކު ކެންސަރުން ސަލާމަތްވާން ފުޅިއެއްގެ ފުޅަ ކައިފި

ޗައިނާގައި ކެންސަރުން ސަލާމަތްވުމަށް މީހަކު ފުޅިއެއްގެ ފުޅަ ކައިފިއެވެ. ޗައިނާއަށް އުފަން ލީ ބުނީ އޭނާ ފުޅަ ކެއީ ރައްޓިއްސަކު ދިން ލަފަޔަކާ ގުޅިގެން ކަމަށެވެ. މީގެ ތިން އަހަރު ކުރިން ފުއްޕާ މެޔަށް ކެނ...

28 Mar 2019 | 14:14

ޗައިނާގައި ކެންސަރުން ސަލާމަތްވުމަށް މީހަކު ފުޅިއެއްގެ ފުޅަ ކައިފިއެވެ. ޗައިނާއަށް އުފަން ލީ ބުނީ އޭނާ ފުޅަ ކެއީ ރައްޓިއްސަކު ދިން ލަފަޔަކާ ގުޅިގެން ކަމަށެވެ.

މީގެ ތިން އަހަރު ކުރިން ފުއްޕާ މެޔަށް ކެންސަރު ޖެހި، އެކަމަށް ލީ އައީ ފަރުވާ ހޯދަމުންނެވެ. ލީ، ފުޅަ ކޭއިރު އޭނާގެ ހަށިގަނޑުގައި ކެންސަރުގެ އެއްވެސް އަސަރެއް ނެތް ކަމަށް ޑޮކްޓަރުން ބުންޏެވެ. ނަމަވެސް ލީ ފުޅާ ކޭއިރު، ކެންސަރުން މުޅިން ސަލާމަތްވެފައިވާކަމެއް ނޭންގެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ލީ ހޮސްޕިޓަލަށް ގެނައީ ވަރަށް ބޮޑަށް ބަނޑަށް ތަދުވެ، މެޔަށްވެސް ތަދެއް އަރައި، ތަދަށް ކެތް ނުވާވަރުވުމުންނެވެ. އޭރު ޑޮކްޓަރުން ހީކުރީ އެއީ ކެންސަރުގެ ސަބަބުން ވަމުން އަންނަ ތަދެއް ކަމަށެވެ. ނަމަވެސް ހެދި ޓެސްޓެތަކުން އިނގުނީ ދިރޭ އެއްޗެހިތަކެއް ހަށިގަނޑުތެރޭގައި ހުރި ގުނަވަންތައް ކަމުން އަންނަ ކަމަށެވެ. އެހެން ކަމުން ލީ ކެއީ ކޯންޗެއްތޯ ސުވާލުކުރުން އޭނާ ބުނެފައިވަނީ ކެއީ ފުޅިއެއްގެ ދިރޭ ފުޅަ ކަމުގައެވެ. އަދި ފުޅަ ކެއީ، އެއީ ކެންސަރުން ސަލާމަތްކޮށްދޭ އެއްޗެއް ކަމަށް ރައްޓިއްސަކު ބުނުމުން ކަމަށްވެސް ލީ ވަނީ ބުނެފައެވެ.

ޑޮކްޓަރުންގެ ފަރުވާއިން ލީގެ ހާލު މިހާރު ވަނީ ރަގަޅު ވެފައެވެ. އަދި ދެ ހަފްތާ ހޮސްޕިޓަލުގައި ބޭއްވުމަށްފަހު މިހާރު ލީ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް