މެންޗެސްޓާ ޔުނައިޓެޑުގެ ދާއިމީ މެނޭޖަރުގެ ގޮތުގައި އޮލެ ޖުނާ ސޮލްސްޔާ ހަމަޖައްސައިފިއެވެ.
ސޮލްސްޔާއާއި ޔުނައިޓެޑްގެ މެނޭޖަރުކަން ހަވާލުކޮށްފައިވަނީ ތިން އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. ސޮލްސްޔާގެ ބެލުމުގެ ދަށުން ޔުނައިޓެޑްވަނީ މޮޅު ކުޅުމެއް ދައްކަމުން އައިސްފައެވެ. މިގޮތުން ސޮލްސްޔާގެ ބެލުމުގެ ދަށުން ކުޅުނު 19 މެޗުގެ ތެރެއިން 14 މެޗުން ޔުނައިޓެޑު ވަނީ މޮޅުވެފައެވެ. މީގެ ތެރޭގައި ޗެމްޕިއަންސް ލީގުގައި ފަހަތުން އަރައި ޕީއެސްޖީ ބަލިކުރި މެޗު ފާހަގަ ކޮށްލެވެއެވެ.
ސޮލްސްޔާއާއި ޔުނައިޓެޑުގެ މެނޭޖަރުކަން ހަވާލުކުރުމުން އޭނަ ބުނެފައިވަނީ މިއީ އަބަދުވެސް ދެކެމުން އައި ހުވަފެނެއްކަމުގަޔާއި އެދެނީ އަބަދުވެސް ކުލަބަށް ކާމިޔާބީ ހޯދައިދިނުން ކަމަށެވެ. އަދި ފާއިތުވެދިޔަ ދެތިންމަސް ވަރަށް ރަނގަޅުކަމަށާއި، ހުރިހާ ކޯޗުންނާއި، ކުޅުންތެރިންގެ އިތުރުން ކުލަބުގެ މުވައްޒަފުންނަށް ޝުކުރު އަދާކުރާކަމުގައެވެ.
ސޮލްސްޔާއާއި މެންޗެސްޓާ ޔުނައިޓެޑު ހަވާލުކުރުމުން އަން ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި މުހިންމު ބަދަލުތަކެއް ފެނިގެން ދާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް