ސަފާރީއެއްގައި ހޭނެތުނު ފަތުރުވެރިއަކު ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ

ވާވު އަތޮޅުގައި އޮންނަ އަލިމަތަ ރިސޯޓު ކައިރީ އޮތް ސަފާރީއެއްގައި ހޭނެތުނު އަންހެނަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި ނިޔާވީ ތައިވާނުގެ އުމުރުން 55 އަހަރުގެ ...

28 Mar 2019 | 11:49

ވާވު އަތޮޅުގައި އޮންނަ އަލިމަތަ ރިސޯޓު ކައިރީ އޮތް ސަފާރީއެއްގައި ހޭނެތުނު އަންހެނަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ނިޔާވީ ތައިވާނުގެ އުމުރުން 55 އަހަރުގެ އަންހެނެކެވެ. އެމީހާ ހޭނެތުނުކަމުގެ ހަބަރު ފުލުހުންނަށް ލިބުނީ މިއަދު 12:25 ހާއިރުގައެވެ. މި ހަބަރު ލިބުމާއިއެކު ފުލުހުންގެ ލޯންޗް އެ ސަފާރީ ކައިރިޔަށް ގޮސް، އެ އަންހެން މީހާ ފުލިދޫއަށް ގެންދިޔަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ މީހާ ނިޔާވީ ފުލިދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް