ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުގައި އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކުރުން މަނާކޮށްފިއެވެ. މިކަން މަނާކަމަށް ފާސްކުރީ އީޔޫގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ވޯޓަކުންނެވެ.
މި ގާނޫނުގައި ވާގޮތުން، ޕްލާސްޓިކް ހޮޅި، ޕްލާސްޓިކް ފެންފުޅި، ކަފަބުރު ފަދަ ތަކެތި ބޭނުންކުރުން މަނާކަމަށެވެ.
އީޔޫގެ ނައިބު ރައީސް ފްރެންސް ޓިމަމެންސް ވިދާޅުވީ، ޔޫރަޕަކީ ދުނިޔެއިން އެންމެ ގިނައިން ޕްލާސްޓިކް ބޭނުންކުރާ ގައުމުކަމުން، މި އެކްޓް ގެ ސަބަބުން މުޅި ދުނިޔެއަށް ނަމޫނާ ދެއްކޭނެ ކަމުގައެވެ. އަދި އޭޝިއާގެ ގައުމުތަކުން މިކަމަށް ޝައުގުވެރިކަން ބަހައްޓާނެ ކަމަށްވެސް ފްރެންސް ވިދާޅުވިއެވެ.
މި ގާނޫނު ފާސްވެފައިވަނީ 560 މެމްބަރުންގެ ވޯޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް