އެމްއެމްއޭއިން ޔޫތް އެންޓަރޕްރަނާސް ފޯރަމެއް ބާއްވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިސްނަގައިންގެން ބާއްވާ ގްލޯބަލް މަނީ ވީކްގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ޔޫތް އެންޓަރޕްރެނާރސް ފޯރަމް ބާއްވައިފިއެވެ. ޒުވާނުންނަށް ޚާއްސަކޮށްގެން ބޭއް...

28 Mar 2019 | 10:12

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިސްނަގައިންގެން ބާއްވާ ގްލޯބަލް މަނީ ވީކްގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ޔޫތް އެންޓަރޕްރެނާރސް ފޯރަމް ބާއްވައިފިއެވެ.

ޒުވާނުންނަށް ޚާއްސަކޮށްގެން ބޭއްވި މި ފޯރަމްގައި ފަންސާހަކަށް ފަރާތުން ބައިވެރިވެއެވެ. މި ފޯރަމްގައި ވަނީ އަމިއްލަ ވިޔަފާރިއެއް ފަށައިގެން މަސައްކަތްކުރާ ފަރާތްތަކުން އެ ފަރާތްތަކުން ވިޔަފާރިއެއް ފެށުމަށް ކުރި މަސައްކަތާއި، ކާމިޔާބު ވިޔާފާރިއެއް ކުރުމަށް ކުރި ދަތުރުގައި ދިމާވި ގޮންޖެހުންތަކުގެ މައުލޫމާތު ފޯރަމްގެ ބައިވެރިންނާއި ހިއްސާކޮށްފައެވެ.

މި ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ، އީޖާދީ އަދި އުފެންދުންތެރި ވިސްނުންތަކުގެ ތެރެއިން އަމިއްލަ ވިޔަފާރިތައް ފެށުމަށް ޒުވާނުންނަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވާ ކަމަށެވެ. އަދި ޓެކްނޮލަޖީގެ ދާއިރާއިން ފާހަގަކުރެވޭ ބޮޑެތި ކުންފުނިތަކުން ކާމިޔާބީ އާއި ހިސާބަށް އައީ ތަފާތު ވިސްނުންތަކުގެތެރެއިން ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އަދި އެކެއްގެ ކާމިޔާބީ އަކީ އަނެކާގެ ކާމިޔާބީއަށް ހުރަސްއެޅޭ ކަމެއް ނޫންކަމަށާއި މުޅި މުޖުތަމައު ގުޅިގެން މުޖްތަމައުގެ ލާބައާއި މަންފާއަށް މަސައްކަތްކުރުމުގެ ފުރުސަތު ތަނަވަސްވެފައިވާ ކަމަށް ގަވަރުނަރު ނަސީރު ވިދާޅުވިއެވެ.

މާލޭގެ އިތުރުން ހދ. ކުޅުދުއްފުށި، ލ. ފޮނަދޫ އަދި ގދ ގައްދޫގައި އަންނަ ހޮނިހިރު ދުވަހު ޔޫތް ފޯރަމްތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ގްލޯބަލް މަނީވީކް ފާހަގަކުރުމުގެ ގޮތުން އެމްއެމްއޭއިން ވަނީ މުޅި ރާއްޖެ ޝާމިލްވާގޮތުގައި ގިނަ ހަރަކާތްތަކެއް ރާވާފައެވެ.

ގްލޯބަލް މަނީވީކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މާލީ އަދި ފައިސާ އާއި ގުޅުންހުރިކަންތައްތަކަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުމަށް ޚާއްސަކުރާ ހަފްތާއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް