އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުހައްމަދު ސައީދުގެ ސަސްޕެންޝަންގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮއްފިއެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ޒުހުރީ ވިދާލުވެފައިވަނީ ސަސްޕެންޝަންގެ މުއްދަތު އިތުރު ކޮއްފައިވަނީ އެއް މަހަށް ކަމަށެވެ.
ސައީދު ސަސްޕެންޑު ކޮއްފައިވަނީ ސާއިދުއާ ދެކޮޅަށް، އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ހުށަހެޅުއްވި މައްސަލައެއްގައެވެ. އަދި އެ މައްސަލަ އަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވުމުން އެކަމާބެހޭ މައުލޫމާތެއް ދެވެން ނެތް ކަމަށް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.
ސާއިދު ސަސްޕެންޑު ކުރީ މިދިޔަ ޖެނުއަރީ މަހުގައެވެ. އަދި އެއް މަހުގެ މުއްދަތު ހަމަވުމުން ފެބްރުއަރީ މަހު އަނެއްކާ ވަނީ ސަސްޕެންޝަންގެ މުއްދަތު އެއް މަހަށް އިތުރު ކޮއްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް