އާސަންދަ "އެބްރޯޑް ޕޯޓަލް" ގައި ރަޖިސްޓްރީވާން ހުޅުވާލައިފި އެވެ.
އިންޑިއާ އާއި ސްރިލަންކާ އަދި މޭލޭޝިއާ ގައި ދިރިއުޅޭ ދިވެހިންނަށް އާސަންދަ ކުންފުނީގެ އެބްރޯޑް ޕޯޓަލް ގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުއެވެ.
އެބްރޯޑް ޕޯޓަލް އަކީ ރާއްޖެއިން ބޭރުގައި ދިރިއުލޭ ރައްޔިތުންނަށް އާސަންދަ މެދުވެރިކޮށް ބޭސްފަރުވާ ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ހުޅުވާލާފައިވާ ޕޯޓަލްއެއް ކަމަށް އާސަންދަ ކުންފުނިން ވަނީ ބުނެފައެވެ.
އެގޮތުން އެ ޕޯޓަލް އަށް އަހުލުވެރި ކުރުވުމުގެ ގޮތުން ސްރީލަންކާގައޮ ދިރިއުޅޭ ދިވެހިންނަށް މާދަމާ ހަވީރު ސްރީލަންކާގައި ހުންނަ އާސަންދަ އޮފީހުގައި "އާސަންދަ އެބްރޯޑް ރަޖިސްޓްރޭޝަން ކޭމްޕް" ގެ ނަމުގައި ހަރަކާތެއް ކުރިއަށް ދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
އަދި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ރޭގަނޑު 10:00 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް