ފަސް ބިލެއް މަޖިލީހަށް ފޮނުވައިފި

މުވައްސަސާތައް މިނިވަންކުރުމާ ބެހޭ ފަސް ބިލެއް މަޖިލީހަށް ފޮނުވައިފިއެވެ. އެގޮތުން މުސްތަގިއްލު ކޮމިޝަންތަކާއި މުސްތަގިއްލު މަގާމުތައް އަދާކުރާ ފަރާތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު އަދާކުރުމުގަ...

28 Mar 2019 | 07:04

މުވައްސަސާތައް މިނިވަންކުރުމާ ބެހޭ ފަސް ބިލެއް މަޖިލީހަށް ފޮނުވައިފިއެވެ.

އެގޮތުން މުސްތަގިއްލު ކޮމިޝަންތަކާއި މުސްތަގިއްލު މަގާމުތައް އަދާކުރާ ފަރާތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ބުރަވުމަކާ ނުލައި، ތައައްސުބުން އެއްކިބާވެ، މިނިވަންކަމާއެކު މަސައްކަތްކުރުމަށް ބާރު އެޅުމަށްޓަކައި، ފަސް މުވައްސަސާއެއްގެ ގާނޫނަށް އިސްލާހް ގެނައުމަށްޓަކައި ފަސް ބިލެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެ މުވައްސަސާތަކަކީ ،އެންޓި ކޮރަޕްޝަން ކޮމިޝަން އާއި، ހިއުމަން ރައިޓްސް ކޮމިޝަން އާޢި، އޮޑިޓް އޮފީސްއިލެކްޝަންސް ކޮމިޝަން އަދި ސިވިލް ސާވިސް ކޮމިޝަން އެވެ.

މުވައްސަސާތައް މިނިވަންކަމާއެކު ހިންގޭނެ ގޮތަށް ގާނޫނު އިސްލާހުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް