ހުސްނުވާ އާސަންދަ ހިދުމަތް ދެމުންދިޔަ ފާމަސީއެސް ސަސްޕެންޑް ކޮށްފި

ހުސްނުވާ އާސަންދައިގެ ހިދުމަތް ދެމުންދިޔަ ފާމަސީއެއް އާސަންދަ ކުންފުނިން ސަސްޕެންޑް ކޮށްފިއެވެ. ސަސްޕެންޑް ކުރި ސީދާ ސަބަބު އާސަންދައިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މީޑިއާތަކަށް މައުލޫމާތުދެމުން...

28 Mar 2019 | 06:49

ހުސްނުވާ އާސަންދައިގެ ހިދުމަތް ދެމުންދިޔަ ފާމަސީއެއް އާސަންދަ ކުންފުނިން ސަސްޕެންޑް ކޮށްފިއެވެ.

ސަސްޕެންޑް ކުރި ސީދާ ސަބަބު އާސަންދައިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މީޑިއާތަކަށް މައުލޫމާތުދެމުން އާސަންދައިން ބުނެފައިވަނީ ސަސްޕެންޑް ކޮށްފައިވަނީ ހުޅުމާލޭގައި ހުންނަ "ޔުނީކް ފާމަސީ" ނަމަކަށް ކިޔާ ފާމަސީއެއް ކަމަށެވެ.

އެ ފާމަސީ ސަސްޕެންޑް ކޮށްފައިވަނީ ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ކަމަށް ބުނެފައިވާއިރު އިތުރަށް ބުނެފައިވަނީ މިކަމާއި ގުޅިގެން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް