ވޯޓުލުމަށް ހުރަހެއް ނެތް ކަމަށް އީސީ އިން ބުނެފި

މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓުގައި ގިނަ އަދަދެއްގެ ކެނޑިޑޭޓުން ސޮއި ނުކުރިކަމުގައި ވީނަމަވެސް ވޯޓުލުމަށް ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވ...

28 Mar 2019 | 06:07

މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓުގައި ގިނަ އަދަދެއްގެ ކެނޑިޑޭޓުން ސޮއި ނުކުރިކަމުގައި ވީނަމަވެސް ވޯޓުލުމަށް ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މުއްދަތު އިއްޔެ ހަމަވެފައިވާއިރު އެ ލިސްޓުގައި 168 ކެންޑިޑޭޓުން ސޮއި ނުކޮށް އެބަތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

ވޯޓާސް ލިސްޓުގައި ސޮއި ކުރުމުގެ ފުރުސަތު އީސީން ހުޅުވާލީ މިމަހުގެ 24 ގައެވެ. އަދި އިންތިހާބުގައި 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަކުރެއެވެ.

މި ފަހަރުގެ އިންތިހާބުގައި ލިސްޓުގައި އެމްޑީޕީގެ ފަރާތުން ސޮއި ނުކޮށް ތިބީ 20 ކެންޑިޑޭޓުން ކަމަށާއި، ޕީޕީއެމްގެ ފަރާތުން 14 ކެންޑީޑޭޓުން ލިސްޓުގައި ސޮއި ނުކޮށް ތިބިއިރު ޕީއެންސީގެ ފަރާތުން ސޮއި ނުކޮށް ތިބީ 10 ކެންޑިޑޭޓުންނެވެ. މީގެ އިތުރުން، އަދާލަތު ޕާޓީން ވާދަކުރާ ފަސް ކެންޑިޑޭޓުންނާއި، ލޭބާ ޕާޓީގެ އަށް ކެންޑިޑޭޓުންނާއި، އެމްޓީޑީގެ ފަރާތުން ވާދަކުރާ ހަތް ކެންޑިޑޭޓަކާއި ޑީއާރްޕީން އިންތިހާބުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކު އެ ވޯޓާސް ލިސްޓުގައި ސޮއިކޮށްފައެއް ނުވާ ކަމަށް އީސީ އިން ހާމަކޮއްފައިވެއެވެ. އަދި އަމިއްލަ ގޮތުން 174 ދާއިރާއަކަށް ކެންޑިޑޭޓުން ވާދަކުރާއިރު އެދާއިރާތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 99 ކެންޑިޑޭޓަކު ވެސް ވޯޓާސް ލިސްޓުގައި ސޮއި ނުކުރާކަމަށްވެސް ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް