ކަރަންޓުގެ އަގުވާނީ ހެޔޮކޮށްފައި: ރައީސް ސޯލިހު

މި މަހުން ފެށިގެން ކަރަންޓުގެ އަގު ހެޔޮކޮއްފައިވާނެ ކަމަށް ރައީސްލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ، ފުރަތަމަ 100 ދުވަހުގެ ވައުދުތަކާ ބ...

28 Mar 2019 | 05:48

މި މަހުން ފެށިގެން ކަރަންޓުގެ އަގު ހެޔޮކޮއްފައިވާނެ ކަމަށް ރައީސްލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ، ފުރަތަމަ 100 ދުވަހުގެ ވައުދުތަކާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މާލެއާއި އެހެން ރަށްރަށާ ދެމެދު ހުރި ފަރަގު ނައްތާލުމުގެ ސިޔާސަތުގެ ދަށުންނާއި، ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، މިއަހަރުގެ މާރޗް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަރަންޓުގެ އަގު ހެޔޮކުރުމަށް ނިންމާފައިވާކަމަށް ރައީސް ހާމަކުރެއްވިއެވެ.

އަދި މީގެ ސަބަބުން، ކަރަންޓުގެ ހިދުމަތް ރައްޔިތުންނަށް ހަމަހަމަ އުސޫލަކުން ލިބުމާއެކު، ކުދި ވިޔަފާރި ތަކަށްވެސް ފަސޭހަ ވެގެނަ ދާނެކަމަށާއި ޚަރަދުތައް ކުޑަވާނެ ކަމަށް ރައިސް ވިދާޅުވިއެވެ.

ހަމައެއާއެކު، މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ މިސަރުކާރުން ނިންމާފައިވަނީ ރައްޔިތުން އެންމެ ބޭނުންވި ކަންކަން، ކުރު މުއްދަތެއްގެ ތެރޭގައި ކޮށްދެއްވުމަށްކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް