ކުރީގެ ސަރުކާރުގައި، ސިޓީ ކައުންސިލްތަކުގެ ގިނަ ބާރުތަކެއް ނެގުމަށްފަހު، ސިޓީ ކައުންސިލަރުންގެ ކުޑަކުރި މުސާރަ ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮއްފިއެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މާއްލިއްޔަތު ކޮމެޓީއިން ފާސްކޮއްފައިވަނީ މޭޔަރުންނާއި ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށް، އެ ބޭފުޅުންނަށް އިންޝުއަރެންސް ޕެކޭޖެއް ދިނުމަށެވެ އަދި މި މައްސަލަ ދިރާސާކޮއް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 35 މެމްބަރުންގެ އިއްތިފާގުންމި ބިލް ވަނީ ފާސްކޮއްފައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ބިލުގެ 56 ވަނަ މާއްދާގެ (ށ) އިން ރައީސުލްޖުމްހުރިއްޔާއަށް ލިބިފައިވާ އިހުތިޔާރުގެ ދަށުން ސިޓީ ކައުންސިލްގެ ބާރުތައް އަލުން ކަނޑައެޅުއްވުމާއި ގުޅިގެން، ސިޓީ ކައުންސިލް މެމްބަރުންގެ މުސާރައާއި އިނާޔަތް، މާއްލިއްޔަތު ކޮމެޓީއިން މުރާޖައާ ކުރައްވާ، އެ މައްސަލަ ދިރާސާ ކުރެއްވިއެވެ.
އެގޮތުން، މޭޔަރުންގެ މުސާރައިގެ ގޮތުގައި 30،000ރ އާއި ލިވިން އެލަވަންސްގެ ގޮތުގައި 10،000ރ އާއެކު ޖުމްލަ، 40،000ރ ހަމަޖެއްސުމަށާއި، ޑެޕިއުޓީ މޭޔަރުންގެ މުސާރައިގެ ގޮތުގައި 27،000ރ އާއި ލިވިން އެލަވަންސްގެ ގޮތުގައި 8،000ރ އާއެކު ޖުމްލަ، 35،000ރ ހަމަޖެއްސުމަށެވެ.
މީގެ އިތުރުން، ސިޓީ ކައުންސިލް މެމްބަރަކަށް މުސާރައިގެ ގޮތުގައި މަހަކު 24،000ރ. ލިބިވަޑައިގަންނަވާނެ އެވެ. އަދި ލިވިން އެލަވަންސަށް ދޭ 6،000ރ. އާ އެކު ޖުމުލަ 30،000ރ. ކައުންސިލް މެމްބަރުންނަށް ލިބިވަޑައިގަންނަވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް