ހެޔޮވަރު ހެލްމެޓް ނުލިބުނު ފަރާތްތަކަށް ހެލްމެޓް ދެނީ

ހިލޭ ހެލްމެޓް ބެހުމުގެ ގޮތުން ބޭއްވި ސެޝަންތަކުގެ ތެރެއިން، ހަތްވަނަ، އަށްވަނަ އަދި ނުވަވަނަ ސެޝަންގެ ބައިވެރިންނަށް ހެޔޮވަރު ހެލްމެޓް ފޯރުކޮއްދިނުން އަންނަ ހޮނިހިރު ދުވަހު އޮންނާނެ ކަމަށް ޓްރާންސްޕޯޓ...

28 Mar 2019 | 05:11

ހިލޭ ހެލްމެޓް ބެހުމުގެ ގޮތުން ބޭއްވި ސެޝަންތަކުގެ ތެރެއިން، ހަތްވަނަ، އަށްވަނަ އަދި ނުވަވަނަ ސެޝަންގެ ބައިވެރިންނަށް ހެޔޮވަރު ހެލްމެޓް ފޯރުކޮއްދިނުން އަންނަ ހޮނިހިރު ދުވަހު އޮންނާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.

މި ސެޝަންތަކަށް އައިއިރު ހެލްމެޓްގެ ސައިޒުތައް މަދުވެފައިވުމުގެ ސަބަބުން ބައެއް ބައިވެރިންނަށް ބޭނުންވި ސައިޒުގެ ހެލްމެޓް ދެވިފައިނުވާތީ ފަހުން ފޯރުކޮށް ދޭނެކަމަށް ޓްރާސްޕޯޓު އޮތޯރިޓީން މީގެ ކުރިން ބުނެފައިވެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީއިން ބުނެފައިވަނީ މި ސެޝަންތަކުގެ ބައިވެރިންނަށް ދޫކޮއްފައިވާ އެސް އަދި އެސްއެސް ސައިޒުގެ ހެލްމެޓްތައް ހިފައިގެން އަންނަ ހޮނިހިރު ދުވަހު އެ އޮތޯރިޓީއަށް ދިއުމުން ބަދަލުކޮށްދޭނެ ކަމަށެވެ. އަދި ހެލްމެޓުގެ ސައިޒް ބަދަލުކުރުމަށް އަންނަ އިރު ކުރިން ދޫކޮށްފައިވާ ހެލްމެޓު ބޭނުން ނުކޮށް އޭގެ ފޮށްޓާއި ކަވަރާ އެކު ގެންދިއުމަށް ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ އެދިފައިވެއެވެ.

ހަމައެއާއެކު، ކުރިން ދޫކޮއްފައިވާ ހެލްމެޓްތައް ބަދަލު ކޮއްދިނުން އޮންނާނީ ހޮނިހިރު ދުވަހުގެ ހެނދުނު 11:00 އިން ހަވީރު 16:00 އަށް ޓްރާންސްޕޯޓް އޮތޯރިޓީގައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް