ބަޔާންއިން 80 މިލިއަން ޕައުންޑަށް ލޫކަސް ހަރްނާންޑެސް ގަނެފި

ބަޔާން މިޔުނިކުން 80 މިލިއަން ޕައުންޑަށް އެތްލެޓިކޯ މެޑްރިޑުގެ ލޫކަސް ހަރްނާނަޑެސް ގަނެފިއެވެ. އުމުރުން 23 އަހަރުގެ ހަރްނާންޑެސް ބަޔާންއާއި ގުޅިފައިވަނީ 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ...

28 Mar 2019 | 04:54

ބަޔާން މިޔުނިކުން 80 މިލިއަން ޕައުންޑަށް އެތްލެޓިކޯ މެޑްރިޑުގެ ލޫކަސް ހަރްނާނަޑެސް ގަނެފިއެވެ.

އުމުރުން 23 އަހަރުގެ ހަރްނާންޑެސް ބަޔާންއާއި ގުޅިފައިވަނީ 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިވަގުތު އިންޖަރީގައި ހުރި ހަރްނާންޑެސް ބަޔާންއާއި ގުޅުމުގެ ކުރިން ކަނާތު ކަކުލުގެ ލިގަމެންޓު ރަނގަޅު ކުރުމަށް އޮޕަރޭޝަނެއް ކުރާނެކަމަށް އެ ކުލަބުން ވަނީ ހާމަ ކޮށްފައެވެ.

ނިމިގެންދިޔަ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ފްރާންސަށް ކުޅެދިން މޮޅު ކުޅުމުގެ ސަބަބުން ބަޔާންއިންވަނީ ހަރްނާންޑެސް ހޯދުމަށް ހަމަ އެ އަހަރު މަސައްކަތް ފަށާފައެވެ. އެހެންނަމަވެސް މިދިޔަ ސީޒަނުގައި އެ މަސައްކަތް ކާމިޔާބު ވެފައެއް ނުވެއެވެ.

ލޫކަސް ހަރްނާންޑެސް ބަޔާން މިޔުނިކާއި ގުޅޭނީ ޖުލައި އެކެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް