މުޣްނީއަށް އެމްޑީޕީގެ ތާއީދު އަނބުރާ ލިބިއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރާ އަބްދުލް މުޣްނީ އަށް އެމްޑީޕީ އިން ކުރާ ތާއީދު އަނބުރާ ގެނެސްފައި ވަނިކޮށް  އެ ޕާޓީއިން ހުވަދޫ ކެނޑިޑޭޓަށް ދިން ސޭޝް ރޭގައި މުޣ...

28 Mar 2019 | 04:40

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރާ އަބްދުލް މުޣްނީ އަށް އެމްޑީޕީ އިން ކުރާ ތާއީދު އަނބުރާ ގެނެސްފައި ވަނިކޮށް  އެ ޕާޓީއިން ހުވަދޫ ކެނޑިޑޭޓަށް ދިން ސޭޝް ރޭގައި މުޣްނީއަށް ވެސް ދީފިއެވެ.

މި ސޭޝް ހަވާލުކުރީ ތިނަދޫގައި ކުރިއަށްދާ އެޖެންޑާ 19 ހުވަދޫ ކެމްޕެއިން ޖަލްސާގެއެވެ. އަދި ސޭޝް ހަވާލުކޮއްދެއްވީ ރައީސް ނަޝީދެވެ.

މުޣްނީއަށް ކުރި ތާއީދު އަނބުރާ ގެންދިޔައީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކަކާ ގުޅިގެންނެވެ. އަދި މުޣްނީގެ ކެމްޕެއިންގައި އެމްޑީޕީގެ އިސް އެއްވެސް ބޭފުޅަކު ބައިވެރި ނުވާނެކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

މި ތުހުމަތުތަކާ ގުޅިގެން، އަދި އެމްޑީޕީއިން ކުރި ތާއީދު ގެންގޮސްފައިވާތީ ގެވެށި އަނިޔާގެ އެއްވެސް މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހެޅިފައިވާނަމަ އެކަން ވީ އެންމެ އަވަހަކަށް ހާމަ ކޮއްދިނުމަށް އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުއަށް ސިޓީއެއް ފޮނުވައިފާ ވެއެވެ. އަދި އެ ސިޓީގެ ޖަވާބުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހެޅިފައިނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް