އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ދޫކޮށްލައިފި

އިދިކޮޅުން މި މަހުގެ 16 ގައި ބޭއްވި ބޮޑު މުޒާހަރާގައި ހައްޔަރުކުރި، އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ދޫކޮށްލައިފި އެވެ. ބޮޑު މުޒާހަރާގައި އިބޫ ހައްޔަރު ...

28 Mar 2018 | 12:06

އިދިކޮޅުން މި މަހުގެ 16 ގައި ބޭއްވި ބޮޑު މުޒާހަރާގައި ހައްޔަރުކުރި، އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ދޫކޮށްލައިފި އެވެ.

ބޮޑު މުޒާހަރާގައި އިބޫ ހައްޔަރު ކޮށްފައިވަނީ ޖުމްހޫރީ މައިދާންގެ ތެރެއިންނެވެ.

އިބޫ މިއަދު ދޫކޮށްލާފައިވާއިރު އޭނާ ބަންދުގައި ބަހައްޓަން ކޯޓުން ދިން ނުވަ ދުވަހުގެ މުއްދަތު ވަނީ ހަމަވެފަ އެވެ. މުއްދަތު އިތުރު ކުރަން ކޯޓަށް ގެންގޮސްފައެއް ނުވެ އެވެ.

އިބޫ ދޫކޮށްލާފައިވާއިރު މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ތިބީ ޖަލުގަ އެވެ. އޭގެތެރޭގައި ދިއްގަރު ދާއިރާގެ ފާރިސް މައުމޫނާއި ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒާއި ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދާއި ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފާއި ހެންވޭރު މެދު ދާއިރާގެ އަލީ އާޒިމާއި މައްޗަށްގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނު ހިމެނެ އެވެ.

މީގެ ތެރެއިން ގިނަ ބޭފުޅުންގެ މައްޗަށް ވަނީ މިހާރު ވަނީ ދައުވާ ވެސް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް