އދ. ގެ ވަފްދު ރާއްޖެއިން ފުރާވަޑައިގެންފި

ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅޭ މައުލޫމާތު އޮޅުންފިލުވުމަށް ރާއްޖެ ވަޑައިގެންނެވި އދ. ގެ ޕޮލިޓިކަލް އެފެއާޒް ޑިޕާޓްމެންޓުގެ ޓީމު އެނބުރި ވަޑައިގެންފި އެވެ. އެ ޓީމުގެ މި ދަތުރުގައި ރާއްޖޭގައި ހަރަކާތްތ...

28 Mar 2018 | 07:33

ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅޭ މައުލޫމާތު އޮޅުންފިލުވުމަށް ރާއްޖެ ވަޑައިގެންނެވި އދ. ގެ ޕޮލިޓިކަލް އެފެއާޒް ޑިޕާޓްމެންޓުގެ ޓީމު އެނބުރި ވަޑައިގެންފި އެވެ.

އެ ޓީމުގެ މި ދަތުރުގައި ރާއްޖޭގައި ހަރަކާތްތެރި ހުރިހާ ސިޔާސީ ޕާޓީއަކާއި ވަކިވަކިން ބައްދަލުކޮށްފައިވެ އެވެ. އަދި ސަރުކާރުގެ އިސްބޭފުޅުންނާއި، މިނިވަން މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކުގެ އިތުރުން ޖަލުގައި ބަންދުކޮށްފައި ތިއްބެވި ސިޔާސީ ބޭފުޅުންނާއި ބައްދަލު ކުރެއްވި އެވެ.

ވަފުދުގެ މި ދަތުރާއި ގުޅޭގޮތުން ރާއްޖޭގައި ހުންނަ އދ. ގެ އޮފީހުން ބުނީ އެ ބައްދަލުވުންތަކަކީ ވަރަށް ކާމިޔާބު އަދި އުފެއްދުންތެރި ބައްދަލުވުންތަކެއް ކަމަށެވެ. މިވަފްދުގެ ބޭފުޅުން ރާއްޖެ ވަޑައިގަތީ ރާއްޖޭގައި ހުރި ސިޔާސީ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން ގުޅިފައިވާ ޕާޓީތަކާ ސަރުކާރުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ފެށުމަށް މަގުފަހިކުރުމަށެވެ.

އެކަމަކު މި މަޝްވަރާތަކުން ލިބުނު ކުރި އެރުމެއް އދ. ގެ ވަފުދުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް