ނުހެދިފައި ހުރި މާލޭގެ ގޯތިތައް އެމްއާރުއެސްއައިސީން އިމާރާތް ކޮށްދެނީ

މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓް ކޯޕަރޭޝަން (އެމްއާރުއެސްއައިސީ) ން މަލޭގައި ނެހެދިފައި ހުރި އަމިއްލަ މީހުންގެ ގެތައް ހަދައިދޭން ނިންމައިފި އެވެ. އެ ކުންފުންޏަކީ ސަރުކާރު ހިއްސާވާ އެމްޓީސީސީގެ ސަ...

28 Mar 2018 | 06:05

މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓް ކޯޕަރޭޝަން (އެމްއާރުއެސްއައިސީ) ން މަލޭގައި ނެހެދިފައި ހުރި އަމިއްލަ މީހުންގެ ގެތައް ހަދައިދޭން ނިންމައިފި އެވެ.

އެ ކުންފުންޏަކީ ސަރުކާރު ހިއްސާވާ އެމްޓީސީސީގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެމްއާރުއެސްއައިސީ އިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެކަމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކުން އެމްޓީސީސީ ސޯމިލްގައި ހުންނަ އެ ކުންފުނީގެ އޮފީހުން މައުލޫމާތު ސާފު ކުރަން އެދޭ ކަމަށެވެ.

އެ ކުންފުނިން އެގޮތަށް ގެ އިމާރާތް ކޮށްދެނީ ވަކި އުސޫލު ތަކެއްގެ ތެރެއިންނެވެ. އެގޮތުން ދެފަރާތުން އެ އުސޫލުަތަކާއި މެދު މަޝްވަރާ ކުރުމަށް ފަހު އެއްބަސްވުމަކަށް އަންނަ ގޮތަށް މަސައްކަތް ކުރިޔަށް ގެންގޮސްދޭނެ ކަމަށް ބުނެފައިވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ކުންފުންޏާއި ގުޅިގެން ގެ އިމާރާތް ކުރާ ފަރާތްތަކުން ދިގު މުއްދަތަކަށް ވަކި ފްލޯތަކެއް އެ ކުންފުންޏަށް ކުއްޔަށް ދޫކުރުމަށް ދޭން ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް