އަނުޝްކާގެ "ޕަރީ" ރަޝިޔާގައި ރިލީޒް ކުރަނީ

އަނުޝްކާ ޝަރުމާގެ އާއިލީ ޕްރޮޑަކްޝަން ހައުސްއިން ތައްޔާރުކޮށް އޭނާ ލީޑްރޯލް ކުޅެފައިވާ ފިލްމު "ޕަރީ" ރަޝިޔާގައި ރިލީޒް ކުރުމަށް ނިންމައިފި އެވެ. މިއީ ބޮލީވުޑްގެ އަންހެން ތަރިއަކު ލީޑްރޯލް ކުޅެ ތައްޔާރ...

28 Mar 2018 | 04:30

އަނުޝްކާ ޝަރުމާގެ އާއިލީ ޕްރޮޑަކްޝަން ހައުސްއިން ތައްޔާރުކޮށް އޭނާ ލީޑްރޯލް ކުޅެފައިވާ ފިލްމު "ޕަރީ" ރަޝިޔާގައި ރިލީޒް ކުރުމަށް ނިންމައިފި އެވެ.

މިއީ ބޮލީވުޑްގެ އަންހެން ތަރިއަކު ލީޑްރޯލް ކުޅެ ތައްޔާރު ކުރުމުގައި ބައިވެރިވެފައިވާ ފިލްމެއް ރަޝިޔާގައި ރިލީޒް ކުރާ ފުރަތަމަ ފަހަރެވެ. ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނަ "ޕަރީ" އަކީ އާންމުކޮށް އިންޑިއާގައި ހަދާ ބިރުވެރި ފިލްމްތަކާ ހިލާފަށް ވަރަށް އަސްލާ އެއްގޮތަށް ގެނެސް ދޭން މަސައްކަތްކޮށްފައިވާ ފިލްމެކެވެ.

ބޮލީވުޑްގެ ނަން ހިނގާ މަޝްހޫރު ތަރިން ބިރުވެރި ފިލްމްތަކުން ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ. އެހެންވެ އަނުޝްކާ ނެގީ ރިސްކެއް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ރަޝިޔާ ފަދަ ގައުމެއްގައި ފިލްމު ރިލީޒް ކުރުމަށް އަނުޝްކާ ނަގަން ނިންމާފައިވަނީ ވަރަށް ބޮޑު ރިސްކެކެވެ. އެއީ ކޮންމެ ކޮންމެ މީހެއްގެ ބޮލީވުޑް ފިލްމަކަށް މާބޮޑު މާކެޓެއް އޮތް ތަނަކަށް ނުވާތީ ކަމަށް ބުނެ އެވެ.

މި ފިލްމު ރަޝިޔާގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 19 ގައި އެވެ.

އަނުޝްކާގެ "ޕަރީ" މޮޅުކަމުން އެ ފިލްމުގެ ތަމަޅަ ރިމޭކް އެއް އުފައްދަންވެސް ސައުތް އިންޑިއަން ފިލްމު އިންޑަސްޓްރީން ވަނީ ނިންމާފައި އެވެ. ތަމަޅައިން ރިމޭކް ހަދާއިރު ފިލްމަށް މާބޮޑު ބަދަލެއް ނުގެންނާނެ ކަމަށްވެ އެވެ.

ފިލްމު "ޕަރީ" ރިލީޒް ކުރީ މިމަހުގެ ދެ ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް