ކިރު ތަށްޓެއް ބޮއެފިނަމަ އެއީ ބަނޑު ފުރާ ކެއުމާ އެެއްވަރު ކަމެއް ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެ އެވެ.
ކިރުގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި ދަގަނޑުގެ ބައި، ކެލްސިއަމް،، ޕްރޮޓީންސް، މިނަރަލްސް އަދި ވިޓަމިން ބީ ހިމެނެ އެވެ. އެންމެ ކިރު ތައްޓަކުން މީހާ މުޅި ހަށިގަނޑާއި ކަށިތަކަށް ހަކަތަ ލިއްބައިދެ އެވެ.
ދިރާސާތަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ކިރު ތަށްޓެއް ބުއިމަށްފަހު ފެން ބުއިމަކީ ބަނޑަށް ވަރަށް އުނދަގޫވާ ކަމެކެވެ. އެގޮތުން ކިރު ރަނގަޅަށް ހަޖަމު ނުވަނީސް ފެން ބޮއެފިނަމަ ހަޖަމްވުން ލަސްވެ، ބޮޑުކަމު ދިޔުމަށް އުނދަގޫވާނެ އެވެ.
އަދި ކިރަކީ ވަރުގަދަ އެއްޗަކަށްވުމުން ހަޖަމު ނުވަނީސް ފެން ބުއިމުން ބަނޑުގައި ރިއްސުމާއި ވައިގެ އުނދަގޫވުން އިތުރުވާނެ އެވެ. މީގެ އިތުރުން ކިރުގައި އެކުލެވޭ ޕްރޮޓީންސް ހަށިގަނޑުގެ އެކި ބައިބަޔަށް ފޯރުން ފެން ބުއިމުން ލަސްވާނެ އެވެ.
ހަމަ މި މައްސަލަ ކެއުމަށް ފަހު ވަގުތުން ފެން ބޯނަމަވެސް ދިމާވާނެ އެވެ. އަދި ކައި ނިމިގެން ވަގުތުން ފެން ބޯނަމަ ބަނޑު ނުކުންނާނެ އެވެ.
އާންމުކޮށް މި މައްސަލަ ދިމާވާނީ ބަނޑަށް އުނދަގޫވެ ބަނޑުގަ ރިއްސުންފަދަ މައްސަލަތައް ދިމާވާ މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް