ރޯހިތް ޝެޓީ ޑައިރެކްޓު ކުރާ ފިލްމު "ސިންބާ" އާއި ސޯނޫ ސޫދު ގުޅިއްޖެ އެވެ.
މި ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ރަންވީރު ސިންގ އާއި ސާރާ އަލީ ހާން އެވެ. މި ފިލްމާއި ސޯނޫ ގުޅުނުކަން ކަށަވަރުކޮށްދިން ނަމަވެސް އޭނާ ފެނިގެންދާނީ ކޮން ރޯލަކުން ކަން ހާމަ ކުރަން ދެކޮޅު ހަދަ އެވެ.
އެކަމަކު ރިޕޯޓުތައް ބުނާގޮތުގައި ސޯނޫ އެ ފިލްމުގައި ބައިވެރި ކުރަން ޕްރޮޑަކްޝަން ޓީމުން ނިންމީ އެމް މާދަވަން އަށް ފިލްމުގައި ބައިވެރި ވެވޭގޮތް ނުވުމުންނެވެ. މާދަވަންއަށް "ސިމްބާ" ނުކުޅެވޭ ގޮތްވީ އޭނާގެ ކޮނޑުގެ އޮޕަރޭޝަނެއް ކޮށްފައިވާތީ އެވެ.
މާދަވަން ކުރިން ބުނެފައިވަނީ ފިލްމު "ސިމްބާ" ގައި އޭނާ ފެނިގެންދާނީ ނުބައިބައި މީހެއްގެ ރޯލުން ކަމަށެވެ.
މި ފިލްމުގައި ރަންވީރު ފެނިގެންދާނީ ފުލުހެއްގެ ރޯލުންނެވެ. މި ފިލްމަކީ ސާރާގެ ދެވަނަ ބޮލީވުޑް ފިލްމެވެ. ސާރާ ބޮލީވުޑަށް ތައާރަފުވާ ފިލްމަކީ "ކޭދަރްނާތް" އެވެ.
ފިލްމު "ސިމްބާ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު 28 ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް