މެދުއިރުމަތީ ހަމަނުޖެހުންތައް ކުށްވެރިކޮށް، ހަމަލާތައް ހުއްޓާލުމަށް ދިވެހި ސަރުކާރުން ގޮވާލައިފި

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް ކުށްވެރިކޮށް، ވަގުތުން ހަމަލާތައް ހުއްޓާލުމަށް ދިވެހި ސަރުކާރުން ގޮވާލައިފިއެވެ. ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ރަސްމީ ބަޔާނުގައި ބުނީ މެދުއިރުމަތީގެ މަސ...

28 Feb 2026 | 18:45
ރައީސް މުއިއްޒު -

ރައީސް މުއިއްޒު -

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް ކުށްވެރިކޮށް، ވަގުތުން ހަމަލާތައް ހުއްޓާލުމަށް ދިވެހި ސަރުކާރުން ގޮވާލައިފިއެވެ. ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ރަސްމީ ބަޔާނުގައި ބުނީ މެދުއިރުމަތީގެ މަސްރަހު ގާތުން ބަލަމުން އަންނަ ކަމަށެވެ.

ބަޔާނުގައި ބުނީ ހުރިހާ ފަރާތަކުން ވެސް ބައިނަލްއަޤުވާމީ ޤާނޫނާއި އދ.ގެ ޗާޓަރުގެ ދަށުން އޮތް ޒިންމާތަކާ އެއްގޮތަށް ޢަމަލުކުރަންޖެހޭ ކަމަށާއި، ހުރިހާ ޤައުމެއްގެ ސިޔާދަތާއި ސަރަހައްދީ އެއްބައިވަންތަކަމަށް އިހުތިރާމްކުރަންޖެހޭ ކަމަށެވެ. ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރަނީ މައްސަލަތައް ސުލްހަވެރި މަގުން ހައްލުކުރުމަށް ކަމަށާއި، ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ސުލްހަ ދެމެހެއްޓުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ސަރުކާރުން ފާހަގަކުރިއެވެ.

މި ބަޔާން ނެރުނީ އެމެރިކާ-އިސްރާއީލުގެ ގުޅިފައިވާ ހަމަލާތައް އީރާނަށް ދީ، އީރާނުން ރައްދުގައި ގަލްފުގެ ޤައުމުތަކާއި އިސްރާއީލަށް މިސައިލް ހަމަލާ ދެމުންދާ ދަނޑިވަޅެއްގައެވެ. ރައީސް މުޢިއްޒު ވަނީ މި މަސްރަހާ ގުޅިގެން ދިވެހީންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށް ނުވަ ވަޒީރުން ހިމެނޭ ޚާއްސަ ކޮމިޓީއެއް ވެސް އެކުލަވައިލައްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް