މެދުއިރުމަތީ މަސްރަހާ ގުޅިގެން ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް ރައީސް މުޢިއްޒު އުފައްދަވައިފި

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މެންދުރުފަހު ވަޒީރުންގެ ޚާއްސަ ކ...

28 Feb 2026 | 18:32
އެކުލަވައިލި ޚާއްޞަ ކޮމިޓީގެ މެންބަރުން -

އެކުލަވައިލި ޚާއްޞަ ކޮމިޓީގެ މެންބަރުން -

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މެންދުރުފަހު ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް އުފައްދަވައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދެވެ.

ނުވަ ވަޒީރަކު ހިމެނޭ މި ކޮމިޓީގެ ޗެއާކުރައްވަނީ ޚާރިޖީ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވަނީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން، މާލީ ވުޒާރާގެ ވަޒީރު މޫސާ ޒަމީރު، އިޤުތިޞާދީ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދު، ދަތުރުފަތުރާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު އަމީން، ދާޚިލީ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން، ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު ޠާރިޤު އިބްރާހީމް، މަތީ ތައުލީމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ހައިދަރު އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މި ކޮމިޓީ އެކުލަވައިލީ އެމެރިކާ-އިސްރާއީލުގެ ގުޅިފައިވާ ހަމަލާތައް އީރާނަށް ދީ، އީރާނުން ގަލްފުގެ ޤައުމުތަކަށް ރައްދު ހަމަލާ ދެމުންދާ ދަނޑިވަޅެއްގައެވެ. ސަރަހައްދުގެ ވައިގެ ބަނދަރުތައް ބަންދުކުރުމާއި ތެލުގެ ބާޒާރަށް އަސަރުކުރުމުގެ ފުރުސަތު އޮތް އިރު، ގަލްފު ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންނާއި ދަތުރުވެރީންނަށް ދަތިތައް ކުރިމަތިވެދާނެ ކަމަށް ބެލެވެއެވެ. ހީނާ ވިދާޅުވީ ކަމާ ގުޅޭ ހުރިހާ މައުލޫމާތެއް މި ވުޒާރާތަކުން ރައްޔިތުންނާ ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް