ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެސްއެމްއީ ބޭންކު ހިންގުމުގެ ހުއްދަ އެމްއެމްއޭއިން ދީފިއެވެ.
އެ ބޭންކުގެ ވިޔަފާރިކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމެންޓް ފައްޔާޒް އިސްމާއިލް އާއި ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރުއެވެ.
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އުފައްދާފައިވާ އެ ކުންފުންޏަކީ 100% ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މީގެ ތެރޭގައި މާލެ، އައްޑޫ، ފުވައްމުލަކު، މިއިން ކޮންމެ ސިޓީއެއްގެ ކައުންސިލަކަށް 5% ގެ ހިއްސާ ހިމެނެއެވެ.
މި ބޭންކުން ވިޔަފާރި ފެށުމުން، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ބޭނުންވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުމަށް އިތުރަށް މަގުފަހިކޮށްދީ، އަދި މާލީ ދާއިރާގެ ވާދަވެރިކަން އިތުރު ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް