ކަންގަތި އެވޯޑްސް ލަސްކޮށްފި

ލޯކަލް ކައުންސިލްތަކުގެ ޕާފޯމަންސް އިންޑެކްސްގެ ދަރަޖަތަކަށް ބަލާ، ވަނަ ވަނައަށް އަންނަ ފަރާތްތަކަށް ދެމުން އަންނަ "ކަންގަތި އެވޯޑްސް" ދިނުމުގެ ރަސްމިއްޔާތު ބޭއްވުން، ބަޖެޓުގެ ތާށިކަން ކުރިމަތިވެގެން ...

28 Feb 2019 | 07:26

ލޯކަލް ކައުންސިލްތަކުގެ ޕާފޯމަންސް އިންޑެކްސްގެ ދަރަޖަތަކަށް ބަލާ، ވަނަ ވަނައަށް އަންނަ ފަރާތްތަކަށް ދެމުން އަންނަ "ކަންގަތި އެވޯޑްސް" ދިނުމުގެ ރަސްމިއްޔާތު ބޭއްވުން، ބަޖެޓުގެ ތާށިކަން ކުރިމަތިވެގެން ފަސްކޮށްފިއެވެ.

އެ ގޮތުން ލޯކަލް ކައުންސިލްތަކުގެ ޕާފޯމަންސް އިންޑެކްސް 2017 ގެ ނަތީޖާ އިއުލާން ކުރި ނަމަވެސް ވަނަ ވަނައަށް ދިޔަ ކައުންސިލްތަކަށް އެވޯޑް ދިނުން އޮންނާނީ 2018 ވަނަ އަހަރުގެ ޕާފޯމަންސް ދަރަޖަ ކުރުމަށްފަހު "ކަންގަތި އެވޯޑް" ދިނުމަށް ބާއްވާ ރަސްމިއްޔާތުގައި ކަމަށް އެލްޖީއޭއިން ބުނެ އެވެ. އަދި މި ރަސްމިއްޔާތު މި އަންނަ އޯގަސްޓު މަހު ބޭއްވުމަށް މަސައްކަތް ކުރަ،މުން ގެންދާކަމަށް ވެސް އެ ފަރާތުން ބުނެއެވެ.

ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސް 2017 ވަނަ އަހަރުގެ ނަތީޖާ އިއުލާންކުރިއިރު 34 ރަށު ކައުންސިލަކުންނާއި ދެ އަތޮޅު ކައުންސިލަކުން އެކަށީގެންވާ މިންވަރަށް މައުލޫމާތާއި ކިތާބީ ހެކި ފޯރުކޮށްދީފައި ނުވާކަން ފާހަގަ ކުރެވެއެވެ.

"ކަންގަތި އެވޯޑް" ދޭންފަށައިފައި ވަނީ 2016ވަނަ އަހަރުން ފެށިގެންނެވެ. މިއީ ކައުންސިލްތަކުން ކުރާ މަސައްކަތްތަކުގެ ފެންވަރު ވަޒަންކޮށް ރޭންކްކުރުމުގެ ގޮތުން 2015ވަނަ އަހަރު އެކުލަވައިލި ޕާރފޯމަންސް އިނޑެކްސްއިން ވަނަ ވަނައަށް އަންނަ ކައުންސިލްތަކަށް ދޭ އެވޯޑެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް