ހއ. ފިއްލަދޫ ކައުންސިލުގެ ދެ މެމްބަރަކު އިސްތިއުފާ ދިނުމާއި ގުލިގެން އެރަށު ކައުންސިލުގެ ބައި އިލެކްޝަން އަންނަ އެޕްރީލް 13 ގައި ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.
އިސްތިއުފާ ދެއްވާފައި ވަނީ އެރަށު ކައުންސިލުގެ ނައިބް ރައީސް މުހައްމަދު ޖައުފަރު އާއި ކައުންސިލު މެމްބަރު މުހައްމަދު ނާފިއުއެވެ. ޖޭޕީގެ ޓިކެޓުގައި ކައުންސިލް އިންތިހާބު ކާމިޔާބު ކުރި ޖައުފަރު އިސްތިއުފާ ދިނީ މިމަހުގެ 18 ގައެވެ. އަދި އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް ހޮވުނު ނާފިއު އިސްތިއުފާ ދިނީ މިދިޔަ މަހުގެ 16ގަ އެވެ.
އެކަމާއި ގުޅިގެން އީސީން ކުރި ޓްވީޓެއްގައި ބުނީ، ފިއްލަދޫ ކައުންސިލްގެ ދެ މެންބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކައުންސިލްގެ ބައި-އިލެކްޝަން އަންނަ އެޕްރީލް 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
ބައި-ލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު އެ ފުރުސަތު ހަމަވާނީ އަންނަ މާޗު މަހުގެ 12 ވާ އަންގާރަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް