ހައިވޭގައި އެކްސިޑެންޓެއް ހިނގައިފި

ބްރިޖް ހައިވޭފައި ރޭ، މާލެ އިން ހުޅުމާލެއަށް ދަތުރުކުރަމުން ދިޔަ ބަހަކުން ދެ ސައިކަލުގައި ޖެހި އެކްސިޑެން ވެއްޖެ އެވެ. ފުލުހުން ބުނީ ރޭ 23:29 ހާއިރު ރިޕޯޓް ލިބުނު އެކްސިޑެންޓް ހިނގާފައިވަނީ މާލެ އިން ...

28 Feb 2019 | 05:24

ބްރިޖް ހައިވޭފައި ރޭ، މާލެ އިން ހުޅުމާލެއަށް ދަތުރުކުރަމުން ދިޔަ ބަހަކުން ދެ ސައިކަލުގައި ޖެހި އެކްސިޑެން ވެއްޖެ އެވެ.

ފުލުހުން ބުނީ ރޭ 23:29 ހާއިރު ރިޕޯޓް ލިބުނު އެކްސިޑެންޓް ހިނގާފައިވަނީ މާލެ އިން ހުޅުމާލެއަށް ދަތުރުކުރަމުން ދިޔަ އެމްޕީއެލްގެ ބަހެެއް، ހުޅުމާލެ ފައިބާ ހިސާބުން ދެ ސައިކަލެއްގައި ޖެހިގެން ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާ ލިބިފައިވަނީ ބަހުން ޖެހުނު ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށް ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާ އަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ބްރިޖް އާއި ހައިވޭގެ އިތުރުން މާލޭގެ ރިންގް ރޯޑުގައި ވެސް ފަހަކަށް އައިސް އެކްސިޑެންތައް ވަނީ އާންމުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް