އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް ނަވާޒް ފުލުހުންނާއި ބައްދަލުކުރައްވައިފި

އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރައްވާ މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ. މިއަދު ހަވީރު އިސްކަންދަރު ބިލްޑިން...

28 Feb 2018 | 17:35

އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރައްވާ މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހަވީރު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ބައްދަކުކުރެއްވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ދެއްކެވި ވާހަކަފުޅުގައި ޤައުމުގެ އަމަން އަމާންކަމާއި ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ފުލުހުން ރެއާ ދުވާލު ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރައްވާ ހުރިހާ މުވައްޒަފުންގެ ކުރިއެރުމަށާއި ވެލްފެއަރ ކަންކަން މިހާރަށްވުރެ ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.

މިގޮތުން ފުލުހުންނާ ފުލުހުންގެ އާއިލާތަކަށް ހަމަހަމަކަމާއެކު ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ގިނަ ޢަދަދެއްގެ ފުލުހުންނާއި އާންމު މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް