ޝިންޔުއާން 18 ނަމަކަށް ކިޔާ އުޅަނދެއް ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައި ނުވާނެ: ޓްރާންސްޕޯޓް

ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާކަމަށް ބުނެފައިވާ ޝިންޔުއާން 18 އުޅަނދަކީ އެއްވެސް ޒަމާނެއްގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއް ނޫންކަމުގައި ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ....

28 Feb 2018 | 11:57

ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާކަމަށް ބުނެފައިވާ ޝިންޔުއާން 18 އުޅަނދަކީ އެއްވެސް ޒަމާނެއްގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއް ނޫންކަމުގައި ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.

"ދިވެހިރާއްޖެއަކީ ރާއްޖޭންބޭރުގެ ފަރާތްތަކާއެކު އުޅަނދުފަހަރު ދުއްވުމަށް މިރާއްޖޭގައި ރަޖިސްޓްރީ ކުރުމަށް ފުރުސަތުދޭ ގައުމަކަށް ނުވާތީ މި އުޅަނދުގައި ދިވެހި ދަދަ ބޭނުންކުރެވޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތްކަމުގައި ދަންނަވަމެވެ." ޓްރާންސްޕޯޓްގެ ނޫސްބަޔާނުގައި ބުނެފައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިފަދަ ދޮގު މައުލޫމާތު ހަގީގަތް އޮޅޭގޮތަށް މީޑިއާތަކުގައި ނުފެތުރުމަށް އެންމެހާ ފަރާތްކަށް އިލްތިމާސް ކުރާ ކަމަށެވެ.

ޖަޕާނުގެ ފޮރިން އެފެއާޒް ވެބްސައިޓުގައި ޖަޕާން އަދި އުތުރު ކޮރެއާގެ ގުޅުން، މި ކެޓަގަރީގެ ދަށުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ 24 ފެބްރުއަރީ ދަންވަރުގެ ވަގުތެއްގައި ޖަޕާނުގެ މެރިޓައިމް ސެލްފް ޑިފްންސް ފޯސްއަށް، ޗޮން މާ ސަން ނަމަކަށް ކިޔާ، އުތުރު ކޮރެއާގެ ދިދަ ނަގާފައިވާ ޓޭންކަރަކާއި ޒިން ޔުއާން 18 ނަމަކަށް ކިޔާ، ރާއްޖޭގެ ދިދަ ނެގި ޓޭންކަރެއް އެއް ޓޭންކަރު އަނެއް ޓޭންކަރާއި ގާތުގައި އިރުމަތީ ޗައިނާ ކަނޑުގައި މަޑުކޮށްގެން ތިބި މަންޒަރު ފެނިފައިވާކަމަށެވެ.

ޖަޕާނުން ބުނެފައިވަނީ އެ ދެ ޓޭންކަރުވެސް އޮތީ ލައިޓް ދިއްލައިގެން ޖެހިޖެހިގެން ކަމުން ކޮންމެވެސް ކަހަލަ މުއާމަލާތެއް ކުރަމުންދިޔަ ކަމުގައި ބެލެވޭ ކަމަށެވެ. އަދި އެއް ބޯޓުން އަނެއް ބޯޓަށް ކޮންމެވެސް އެއްޗެއް ބަދަލުކުރި ކަމުގައި ބެލެވޭ ކަމަށްވެސް ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް