ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްތަކުން ފައިސާ ނެގޭ އަދަދާއި ޖަމާކުރެވޭ އަދަދު އިތުރު ކޮށްފި އެވެ.
މި ބަދަލާއެކު ދުވާލަކަށް 25،000 ރުފިޔާ ނެގޭއިރު 50،000 ރުފިޔާ ޖަމާކުރެވޭނެ ކަމުގައި ބީއެމްއެލްއިން ހާމަކުރެ އެވެ.
"ކަސްޓަމަރުންގެ ޚިޔާލުތަކާ އެއްގޮތަށް އޭޓީއެމްއެމް އިން ފައިސާ ނެގޭ އަދަދާއި ޖަމާކުރެވޭ އަދަދު އިތުރުކުރަން ބޭންކުން ނިންމީ" ބީއެމްއެލްއިން ބުނެފައި ވެ އެވެ.
މި ބަދަލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 1 މާރޗް 2018 އިން ފެށިގެން ނެވެ. މި ބަދަލު ގެނެވުނީ އަމިއްލަ ފަރުދީ އެކައުންޓްތަކަށް ކަމަށާއި. ވިޔާފަރި އެކައުންޓްތަކަށް މިހާރުވެސް ހަމަޖެހިފައިވާ ލިމިޓްގައި ޑިޕޮސިޓް ކުރެވޭނެ ކަމުގައިވެސް ބޭންކުން ހާމަކުރެ އެވެ.
މި ބަދަލާއެކު ޑަލޮރުގެ މުއާމަލާތަށްވެސް ބަދަލު ވަނީ ގެނެސްފަ އެވެ. އެގޮތުން ޑޮލަރު ނެގޭ އަދަދު 1600 ޑޮލަރު އަދި ޖަމާކުރެވޭ އަދަދު 3200 ޑޮލަރަށް ވަނީ ބަދަލުކޮށްފަ އެވެ.
ބޭންކުން ހާމަކޮށްފައިވާގޮތުގައި އޭޓީއެމް މެދުވެރިކޮށް ކުރެވޭ މުއާމަލާތްތައް ކުރުމަށް ( 25000 ހާސް ރުފިޔާއިން ދަށުގެ މުއާމަލާތް) މާލޭގެ ބްރާންޗްތަކާއި އަތޮޅުތެރޭގައި ބޭންކުގެ ސެލްފް ސަރވިސް އޭޓީއެމްތައް ގާއިމްކޮށްފައިވާ ބްރާންޗްތަކަށް ޑިޕޮސިޓްކުރުމާއި ފައިސާ ނެގުމުގައި ފީ އެއް މިވަނީ ކަނޑައެޅިފައި. މި ގޮތުން ކޮންމެ މުއާމަލާތަކަށް 75 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފަ. ބޭންކުގެ ސެލްފް ސަރވިސް ޚިދުމަތް ނުލިބޭ ބްރާންޗަކުން މި ފީ އެއް ނުނަގާނެ ކަމުގައިވެސް ބޭންކުން ހާމަކުރެ އެވެ.
"ކަސްޓަމަރުން މުއާމަލާތްކުރުމަށް ބޭންކުގެ ބްރާންޗަކަށް ނުގޮސް ހިލޭ ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމުގެ ޚިދުމަތް ބޭނުންކުރުމަށް ބޭންކުން ވަރަށް އެދޭކަމެއް.މިދިޔަ އަހަރަށް ބަލާލާއިރު 24 ގަޑިއިރު ޚިދުމަތް ލިބޭ ބޭންކުގެ އޭޓީއެމް އާއި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުތައް މެދުވެރިކޮށް 10 މިލިއަން މުއާމަލާތް ހިންގި. މި ޚިދުމަތްތައް މިވަނީ ކަސްޓަމަރުންގެ މެދުގައި މަގްބޫލް ޚިދުމަތްތަކަކަށްވެފައި." ބޭންކުން ހާމަކުރެ އެވެ.
ބީއެމްއެލްއިން އިތުރަށް ބުނެފައިވަނީ ބޭންކުން އުއްމީދު ކުރަނީ މި ގެނެވުނު ބަދަލަކީވެސް ކަސްޓަމަރުންނަށް ބޭންކިންގ ޚިދުމަތް ހޯދުމަށް އިތުރު ލުއިފަސޭހަކަން ލިބި، އަދި ބްރާންޗްތަކުން ދެމުންދާ ޚިދުމަތައް އިތުުރު ފުރިހަމަކަމެއް ގެނުވާނެ ބަދަލެއްގެ ގޮތުގައި ކަމަށާއި އޭޓީއެމް ބޭނުންކުރުމުގެ ބަދަލުގައި ބްރާންޗަށް ޚިދުމަތް ހޯދުމަށް އަންނަ އުމުރުން ދުވަސްވީ މީހުންނަށް އެއްވެސް ޗާޖެއް ނުނަގާނެ ކަމަށެވެ. އަދި ވިޔަފާރި ކަސްޓަމަރުންނަށް ވެސް ވަކި އޭޓީއެމް ލިމިޓްތަކެއް ވަނީ ކަނޑައެޅިފަ. ކައުންޓަރ ފީ ވިޔަފާރި ކަސްޓަމަރުން އަތުންވެސް ނެގޭނެ ކަމުގައިވެސް ބީއެމްއެލްއިން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް