ރާއްޖެ އަދި އުތުރު ކޮރެއާގެ ދިދަ ނެގި ދެ ބޯޓު މުއާމަލާތެއް ހިންގި ކަމަށް ޖަޕާނުން ތުހުމަތު ކޮށްފި

މި މަހުގެ 24 ވީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އުތުރު ކޮރެއާގެ ދިދަ ނަގާފައިވާ ތެޔޮ ޓޭންކަރަކާއި ރާއްޖޭގެ ދިދަ ނަގާފައިވާ ޓޭންކަރެއް މުއާމަލާތެއް ހިންގި ކަމުގައި ބެލެވޭ ކަމަށް ޖަޕާނުން ބުނެފި އެވެ. ޖަޕ...

28 Feb 2018 | 06:50

މި މަހުގެ 24 ވީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އުތުރު ކޮރެއާގެ ދިދަ ނަގާފައިވާ ތެޔޮ ޓޭންކަރަކާއި ރާއްޖޭގެ ދިދަ ނަގާފައިވާ ޓޭންކަރެއް މުއާމަލާތެއް ހިންގި ކަމުގައި ބެލެވޭ ކަމަށް ޖަޕާނުން ބުނެފި އެވެ.

ޖަޕާނުގެ ފޮރިން އެފެއާޒް ވެބްސައިޓުގައި ޖަޕާން އަދި އުތުރު ކޮރެއާގެ ގުޅުން، މި ކެޓަގަރީގެ ދަށުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ 24 ފެބްރުއަރީ ދަންވަރުގެ ވަގުތެއްގައި ޖަޕާނުގެ މެރިޓައިމް ސެލްފް ޑިފްންސް ފޯސްއަށް، ޗޮން މާ ސަން ނަމަކަށް ކިޔާ، އުތުރު ކޮރެއާގެ ދިދަ ނަގާފައިވާ ޓޭންކަރަކާއި ޒިން ޔުއާން 18 ނަމަކަށް ކިޔާ، ރާއްޖޭގެ ދިދަ ނެގި ޓޭންކަރެއް އެއް ޓޭންކަރު އަނެއް ޓޭންކަރާއި ގާތުގައި އިރުމަތީ ޗައިނާ ކަނޑުގައި މަޑުކޮށްގެން ތިބި މަންޒަރު ފެނިފައިވާކަމަށެވެ.

ޖަޕާނުން ބުނެފައިވަނީ އެ ދެ ޓޭންކަރުވެސް އޮތީ ލައިޓް ދިއްލައިގެން ޖެހިޖެހިގެން ކަމުން ކޮންމެވެސް ކަހަލަ މުއާމަލާތެއް ކުރަމުންދިޔަ ކަމުގައި ބެލެވޭ ކަމަށެވެ. އަދި އެއް ބޯޓުން އަނެއް ބޯޓަށް ކޮންމެވެސް އެއްޗެއް ބަދަލުކުރި ކަމުގައި ބެލެވޭ ކަމަށްވެސް ބުނެފައި ވެ އެވެ.

ޖަޕާނުން ބުނެފައިވަނީ ޔޫއެންއެސްސީއާރުގެ ދަށުން ކަނޑުމަތީގައި އެފަދަ މުއާމަލާތެއް ހިންގުމަކީ މަނާކަމެއް ކަމުގައިވާއިރު ކަމާބެހޭ ފަރާތްތަކާއި މިކަމުގެ މައުލޫމާތު ހިއްސާ ކޮށްފައިވާކަމަށެވެ.

ޖަޕާނުން މިހެން ބުނެފައިވާއިރު މެރިން ޓްރެފިކްގައި ވާ މައުލޫމާތަށް ބަލާއިރު ޒިން ޔުއާން 18 އަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ތެޔޮ ޓޭންކަރެއް ކަމުގައި ދައްކަ އެވެ. ހަމަ އެހެންމެ ޗޮން މާ ސަން އަކީ އުތުރު ކޮރެއާގައި ރަޖިސްޓްރީ ކޮށްފައިވާ ތެޔޮ ޓޭންކަރެއް ކަމުގައިވެސް ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް