ސްރީ ދޭވީގެ މަރުގެ މައްސަލަ ނިންމައި ފައިލް ކޮށްފި

އާއިލީ ކައިވެންޏެއްގައި ބައިވެރިވުމަށް ދުބާއީއަށް ގޮސް ހުއްޓާ ކުއްލި މަރަކުން މަރުވި، ބޮލީވުޑް ބަތޮލާ ސްރީ ދޭވީގެ މަރުގެ މައްސަލަ ނިންމައި އެ މައްސަލަ ފައިލް ކޮށްފި އެވެ. މުމްބާއީ ފުލުހުން މި މައްސަލަ...

28 Feb 2018 | 05:27

އާއިލީ ކައިވެންޏެއްގައި ބައިވެރިވުމަށް ދުބާއީއަށް ގޮސް ހުއްޓާ ކުއްލި މަރަކުން މަރުވި، ބޮލީވުޑް ބަތޮލާ ސްރީ ދޭވީގެ މަރުގެ މައްސަލަ ނިންމައި އެ މައްސަލަ ފައިލް ކޮށްފި އެވެ.

މުމްބާއީ ފުލުހުން މި މައްސަލަ ނިންމާފައިވާގޮތަކީ ސްރީ ދޭވީ މަރުވީ ގެނބިގެން ކަމަށާއި ގެނބެން މެދުވެރިވީ ހޭ ހުސްވެ ވެއްޓުމުން ކަމަށެވެ.

މިދިޔަ ޙޮނިހިރު ދުވަހުގެ ރޭ ސްރީ ދޭވީ މަރުވުމުން ޑޮކްޓަރުން އެންމެ ފުރަތަމަ ބުނެފައިވަނީ އޭނާ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ. ނަމަވެސް ޕޯސްޓް މޯޓަމް ރިޕޯޓުން ދެއްކިގޮތުގައި ސްރީ ދޭވީ މަރުވެފައިވަނީ ގެނބުމުގެ ސަބަބުންނެވެ.

އުމުރުން 54 އަހަރުގައި ސްރީ ދޭވީ މަރުވެފައިވާއިރު އޭނާ ފިލްމީ ދާއިރާއަށް ނިކުތީ އެންމެ ހަތަރު އަހަރުގައި އެވެ. ކައިވެންޏެއްކޮށް ދެ އަންހެންދަރިން ތިބި އިރު އޭގެ ތެރެއިން ދޮށީ ދަރީގެ ފުރަތަމަ ފިލްމުގެ ޝޫޓިން މިހާރު ދަނީ ކުރިއަށެވެ. ޖުލައި 16ގައި އެ ފިލްމު ސްކްރީން ތަކާއި ހަމައަށް އަންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް