އަނެއްކާވެސް ހިމަބިހި ޖެހިފައިވާ މީހަކު ފެނިއްޖެ

އިތުރު މީހަކު ހިމަބިއްސަށް ޕޮސިޓިވް ވެއްޖެ އެވެ. ހެލްތް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތައް ދާގޮތުން ވޭތުވެދިޔަ24 ގަޑިއިރު ތެރޭގައި ބައްޔަށް ޓެސްޓު ކުރި މީހުންގެ ތެރެއިން އެކަކު ހިމަބިއްސަށް ޕޮ...

28 Jan 2020 | 15:13

އިތުރު މީހަކު ހިމަބިއްސަށް ޕޮސިޓިވް ވެއްޖެ އެވެ.

ހެލްތް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތައް ދާގޮތުން ވޭތުވެދިޔަ24 ގަޑިއިރު ތެރޭގައި ބައްޔަށް ޓެސްޓު ކުރި މީހުންގެ ތެރެއިން އެކަކު ހިމަބިއްސަށް ޕޮސިޓިވް ވެފައިވެ އެވެ. މިހާތަނަށް ހަތް މީހަކު ހިމަބިއްސަށް ޕޮސިޓިވް ވެފައިވެ އެވެ.

ހިމަބިހި ފެތުރެން ފެށިފަހުން މިހާތަނަށް113 މީހަކު މި ބައްޔަށް ޓެސްޓު ކުރެވިފައިވެ އެވެ. ޓެސްޓު ކުރަނީ ހިމަބިހި ޖެހުނު މީހުން ދިރިއުޅޭ މާހައުލާ ދިރިއުޅޭ ގެ ހުންނަ ސަރަހައްދުގައި ދިރިއުޅޭ މީހުންނެވެ.

ހެލްތް މިނިސްޓްރީން ދަނީ ހިމަބިއްސަށް ދޭ ވެކްސިން ކަމަށްވާ މީސަލްސް ވެކްސިން ޑޯޒު ހަމަ ނުވާ ކުދިންނަށާއި އުމުރުން25 އަހަރު ހަމަ ނުވާ މީހުންނަށް މީސަލްސް ވެކްސިން ދޭން ފަށާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް