މުންނާރު ރީތިކޮށްލީ ސްޓެލްކޯގެ ހީވާގި މުވައްޒަފުން!

މާލޭގެ ހުކުރު މިސްކިތުގެ މުންނާރާއި މިސްކިތުގެ ހަތަރު ފަރާތުގައި ހުރި ހިރިގާ ވަޅު ސާފުކޮށް ރީތިކޮށްލައިފި އެވެ. މި މަސައްކަތް ކުރީ ސްޓެލްކޯގެ ހީވާގި މުވައްޒަފުންނެވެ. މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ...

28 Jan 2020 | 11:55

މާލޭގެ ހުކުރު މިސްކިތުގެ މުންނާރާއި މިސްކިތުގެ ހަތަރު ފަރާތުގައި ހުރި ހިރިގާ ވަޅު ސާފުކޮށް ރީތިކޮށްލައިފި އެވެ.

މި މަސައްކަތް ކުރީ ސްޓެލްކޯގެ ހީވާގި މުވައްޒަފުންނެވެ. މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ފެށި އެ މަސައްކަތް ސްޓެލްކޯއިން ކުރީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުންނެވެ.

އެތަންތަން ސާފުކޮށް އާބާތުރަ ފިލުވުމަށް ބޭނުންވާ ތަކެތި ދީފައިވަނީ އާޓްސް އެންޑް ކަލްޗާ މިނިސްޓްރީންނެވެ. އެ މަސައްކަތް ނިމުން ފާހަގަކޮށް މަސައްކަތް ކުރި ސްޓެލްކޯގެ މުވައްޒަފުންނާއި އިއްޔެ އެ ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން ބައްދަލު ކުރެއްވި އެވެ.

https://twitter.com/HeritageMv/status/1221788470227554304

https://twitter.com/STELCOMALDIVES/status/1222043517003821062

ސްޓެލްކޯގެ މުވައްޒަފުން ވަނީ މުޅި މުންނާރުގައިި އުވަ އާއި ކުލަ ލައި ރީތިކޮށްފަ އެވެ. ނޫކުލައިންނާއި އަޅިކުލަ އާއި ފެހި ކުލައިން ފާހަގަކޮށްފައިވާ ހިސާބުތަކުގައި ވެސް އަލުން ވަނީ ކުލަ ލައިފަ އެވެ.

ސްޓެލްކޯއިން ބުނީ އެކުންފުންޏާއި ހަވާލުކުރެވިފައި އޮތް މި މަސައްކަތް ކުރިޔަށް އޮތްތާވެސް ކުރިޔަށް ގެންގޮސް މުންނާރު އަބަދުވެސް ރީތިކޮށް ބެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މުންނާރަކީ 300 އަހަރު ވީ ބިނާއެކެވެ. މުންނާރު ބިނާކުރައްވައި ނިމުނީ ހިޖުރައިން 1085 ވަނަ އަހަރު އެވެ. މުންނާރު ބިނާކުރެއްވީ އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި އެއިރު އަރަބިކަރައިގެ މުންނާރުތައް ހުންނަގޮތަށް ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް