ޗައިނާއަށް ދަތުރު ނުކުރާ މީހެއްގެ ގައިން ފުރަތަމަ ފަހަރަށް ކޮރޯނާ ވައިރަސް ފެނިއްޖެ

ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޯނާ ވައިރަސް ޗައިނާއަށް ދަތުރު ނުކުރާ މީހެއްގެ ގައިން ފުރަތަމަ ފަހަރަށް ފެނިއްޖެ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ބުނީ މިހާތަނަށް އެ ބަލިޖެހިފައިވާ ...

28 Jan 2020 | 11:39

ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޯނާ ވައިރަސް ޗައިނާއަށް ދަތުރު ނުކުރާ މީހެއްގެ ގައިން ފުރަތަމަ ފަހަރަށް ފެނިއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ބުނީ މިހާތަނަށް އެ ބަލިޖެހިފައިވާ މީހުންގެ ތެރޭގައި ޗައިނާއިން ބޭރު މީހުންގެ އަދަދީ37 ކަމަށެވެ. އެކަމަކު އެ އެންމެންނަކީ ޗައިނާއަށް ދަތުރުކޮށްފައިވާ މީހުން ކަމަށާއި ޗައިނާ އަށް ދަތުރު ނުކުރާ މީހުންގެ ތެރެއިން މި ބަލި ޖެހިފައިވަނީ އެންމެ މީހަކަށް ކަމަށެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ބޭރު ބަލިޖެހިފައިވާ އެހެން ގައުމުތަކުގެ މީހުންގެ ތެރެއިން34 މީހުންނަށް ބަލި އަރާފަިއވަނީ ވޫހާން ސިޓީން ކަމަށެވެ. އަނެއް ދެ މީހުންނަށް ޖެހިފައިވަނީ ޗައިނާގެ އެހެން ސިޓީތަކަށް ދަތުރުކޮށްގެން ނެވެ.

އާންމުކޮށް ވާލާއި ޖަމަލުން ފެންނަ ކޮރޯނާ ވައިރަސް އިންސާނުންގެ ގައިން ފެނި ބަލީގެ ނުރައްކާތެރިކަން މިހާރު ހުރީ ކޮންޓްރޯލް ކުރަން އުނދަގޫ ހިސާބެއްގައި ކަމަށް ދިރާސާތަކުން ބުނެ އެވެ.

މިހާތަނަށް މި ބަލީގައި ޗައިނާއިން އެކަނި106 މީހުން ވަނީ މަރުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް