ޔާމީން އުޅުއްވަނީ ވަރަށް ބޮޑަށް އާލާސްކަންފުޅާ، ބޭރަށް ދިއުން ނޫން ގޮތެއް ނެތް!

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ސިއްހީ މައްސަލަތަކެއް ދިމާވެފައިވާތީ ކަފާލާތުގެ ދަށުން މިނިވަން ކޮށް، ރާއްޖެއި...

28 Jan 2020 | 10:01

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ސިއްހީ މައްސަލަތަކެއް ދިމާވެފައިވާތީ ކަފާލާތުގެ ދަށުން މިނިވަން ކޮށް، ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށް އެދިވަޑައިގެންފި އެވެ.

މިއަދު ހައިކޯޓުގައި އޮތް އިސްތިއުނާފު އަޑު އެހުމުގައި ޔާމީން ވިދާޅުވީ ހިތުގެ ސީރިއަސް ބައްޔަކާ ކުރިމަތިވެ، މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި މައްސަލަތައް ދިމާވީ ތަހުގީގަށް ހައްޔަރު ކޮށްފައި ހުރި އެއް މަސްދުވަހުގެ ތެރޭގައި ކަމަށެވެ.

ޔާމީން ވިދާޅުވީ ހިތުގެ ބަލީގެ ފަރުވާ ކުރެވެން ރާއްޖޭގައި ނެތުމުން އައިޖީއެމްއެޗުގެ ހިތުގެ ޑިޕާޓްމަންޓުން ލަފާ ދީފައިވަނީ ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް ކަމަށާއި މައިބަދަ ގުޑާފަވާތީ އެ އޮޕަރޭޝަންވެސް ރާއްޖެއިން ބޭރުން ކުރުން ނޫން ގޮތެއް ނެތް ކަމަށެވެ. ތަހުގީގަށް ހައްޔަރު ކުރުމަށް ފަހު ދޫކޮށްލުމުން ރާއްޖެއިން ބޭރަށް ނުދެވުނީ ކޯޓުން ހުއްދަ ދިން ނަމަވެސް އެމަނިކުފާނު ފިއްލެވީ ކަމަށް ބައެއް އާންމުން ގަބޫލުކޮށްފާނެތީ ކަމަށެވެ.

ކަފާލާތުގެ ދަށުން ދޫވެއްޖެނަމަ، ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމުގެ ވިސްނުން ގެންގުޅުއްވަނީތޯ ފަނޑިޔާރު ސުވާލު ކުރެއްވުމުން ރައީސް ޔާމީން ވިދާޅުވީ ކޯޓުން ހުއްދަ ނުދެއްވައިފިނަމަ އެކަން ނުކުރެއްވޭނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޝަރީއަތުން ވަނީ ޔާމީންގެ ބަލީގެ ހާލަތު އަންގައިދޭ ރިޕޯޓުތައް ހުށަހެޅުމުގެ ފުރުސަތު ދީފަ އެވެ. ޝަރީއަތުން ބުނީ ބޭރަށް ވަޑައިގެންނެވުމުގެ ހުއްދަ ދިނުމާއި މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށެވެ.

އާންމުކޮށް ސިޔާސީ ބޭފުޅުން ޖަލަށް ލުމުން ދިމާވާ ސިއްހީ މައްސަލަތަކުގައި ރާއްޖެއިން ބޭރަށް ދިއުން ނޫން ގޮތެއް އެ ބޭފުޅުންނަކަށް ނޯވެ އެވެ. ލިޔެކިޔުންތައް ހުށަހެޅުމުން ބޭރަށް ދިއުމުގެ ހުއްދަ ކޯޓުން ދޭއިރު ބޭރަށް ވަޑައިގެންނެވުމަށް ފަހު ހުކުމް ތަންފީޒު ކުރުމަށް އެނބުރި ރާއްޖެ އައި ތަނެއް މި ވީހާތަނަށް ފެނިފައެއް ނުވެ އެވެ.

ބޭސް ފަރުވާއަށް ކަމަށްބުނެ ޖަލު ހުކުމުން ބަރީއަވެ ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް، ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހިމެނިވަޑައިގެންނަވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް