ފުނަދޫ އެއްކޮޅު ޓިކެޓް 805 ރުފިޔާއަށް، މިހާރު ޓިިކެޓު ބުކް ކުރެވޭނެ

ށ. ފުނަދޫގައި ތަރައްގީކޮށްފައިވާ ޑޮމެސްޓިކް އެއާޕޯޓަށް މޯލްޑިވިއަން އިން ކުރާ ދަތުރުތަކުގެ އަގުތައް ހާމަކޮށްފި އެވެ. ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނީ އެއްކޮޅު ޓިކެޓުގެ އަގަކީ805 ރުފިޔާ ކަމަށެވ...

28 Jan 2020 | 07:10

ށ. ފުނަދޫގައި ތަރައްގީކޮށްފައިވާ ޑޮމެސްޓިކް އެއާޕޯޓަށް މޯލްޑިވިއަން އިން ކުރާ ދަތުރުތަކުގެ އަގުތައް ހާމަކޮށްފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނީ އެއްކޮޅު ޓިކެޓުގެ އަގަކީ805 ރުފިޔާ ކަމަށެވެ. އެ ރަށަށް މޯލްޑިވިއަންގެ ދަތުރުތައް ފަށާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ.

މޯލްޑިވިއަން އިން ބުނީ މިއަދުން ފެށިގެން ފުނަދޫއަށް ކުރާ ދަތުރުތަކަށް ޓީކެޓް ނެގޭނެ ކަމަށެވެ. އަދި އޮންލައިންކޮށްވެސް ޓިކެޓް ބުކް ކުރެވޭނެ ކަމަށެވެ.

ފުނަދޫ އެއާޕޯޓަށް މޯލްޑިވިއަންގެ ޓެސްޓު ފްލައިޓު ޖައްސާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ޓްރާންސްޕޯޓު މިނިސްޓްރީން އެ ދުވަހު ބުނެފައިވަނީ ފުރަތަމަ ކުރާނީ ހަފްތާއަކު ތިން ދަތުރުކަމަށެވެ. އަދި މާޗު މަސް ނިމެންވާއިރަށް ދުވާލަކު ތިން ފްލައިޓު އެ ރަށަށް ދަތުރުކުރެވޭވަރު ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ފުނަދޫ އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1،200 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުރެ އެވެ. ޓެކްސީވޭގައި 90 މީޓަރު ހުންނައިރު، އޭޕްރަންގެ ފުޅާމިނަކީ 50 މީޓަރެވެ. އެ އެއާޕޯޓުގެ އޭޕްރަންގެ ދިގު މިނަކީ 150 މީޓަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް