ނުރައްކާތެރި ކޮރޯނާ ވައިރަސް އާއި ގުޅިގެން އަވައްޓެރި ސްރީލަންކާއިން ޗައިނާ މީހުންނަށް ވިސާ ދިނުމަށް ގެންގުޅޭ އުސޫލުތަކަށް ބަދަލު ގެނެސްފި އެވެ.
މި ބަދަލު އެ ގައުމުން ގެނައީ ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ ކަމާބެހޭ ދާއިރާތަކުގެ އޮފިޝަލުންނާ އެކު މަޝްވަރާ ކުރައްވާފައި އެވެ. ގޮޓާބޭ ވަނީ ކޮރޯނާ ވައިރަސް އަށް ޚާއްސަ ކޮމިޓީއެއް އުފައްދަވައިފަ އެވެ.
ލަންކާގެ ހެލްތް މިނިސްޓްރީން ބުނީ ޗައިނާގެ ފަތުރުވެރިންނަށް މިއަދުން ފެށިގެން އޮން އެރައިވަލް ވިސާ ނުލިބޭނެ ކަމަށެވެ. އަދި ޓޫރިސްޓުނަށް ވިސާ ދޫކުރާނީ އެއީ ކޮން ޕްރޮވިންސަކުން ދަތުރުކުރި މީހެއްތޯ ބެލުމަށް ފަހު ކަމަށެވެ. މީގެ އިތުރުން ޗައިނާ މީހުންނަށް އޮންލައިންކޮށް ވިސާ ދޫކުރުންވެސް ވަނީ ހުއްޓާލާފައި އެވެ.
ޗައިނާގެ ޓޫރިސްޓުންނަކީ ލަންކާގެ އެންމެ ބޮޑު ޓޫރިޒަމް މާކެޓެވެ
މިފިޔަވަޅުތައް އަޅަން އެ ގައުމުން ނިންމީ ކޮރޯނާ ވައިރަސް ޖެހިފައިވާ ޗައިނާ 43 އަހަރުގެ އަންހެނަކު އިއްޔެ ލަންކާއިން ފެނުމުންނެވެ. މިމަހުގެ19 ވަނަ ދުވަހު އެމީހާ ލަންކާއަށް ގޮސްވައިވަނީ ޗައިނާގައި ކޮރޯނާ ވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ހޫބޭ ޕްރޮވިންސް އިންނެވެ.
އޭނާ އަށް ދަނީ އަންގޮޑާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.
ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް 106 މީހުން ވަނީ މަރުވެފައި އެވެ. ނޭވާލާ ނިޒާމަށް ޖެހޭ މި ބައްޔަކީ ވާލާއި ޖަމަލުގެ ޒަރީއާއިން އަރާ ވައިރަހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް